Advertisement
ކ. މާލެ
|
29 މެއި 2023 | ހޯމަ 07:19
ތިނަދޫ މަގުތަކުގައި ތާރު އަޅަން ފެށުން
ތިނަދޫ މަގުތަކުގައި ތާރު އަޅަން ފެށުން
އާރްޑީސީ
ތިނަދޫ މަގުތައް ތަރައްގީކުރުން
ގދ. ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫޢުގެ ދަށުން ގދ. ތިނަދޫގައި 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި، މަގު ބައްތި ޖަހާނެ
ތިނަދޫގައި ބޮޑު 14 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި

ގދ. ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއީ އެރަށުގެ މަގުތަކުގައި ތާރުއެޅުމުގެ ދެވަނަ ފޭސްއެވެ. ތިނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ތިނަދޫގައި ބޮޑު 14 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން މި މަގުތަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފެން ބޮޑުވާ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ލިބޭނެ ގޮތަކަށެވެ. މި މަޝްރޫއުގައި ޖުމުލަ 6.5 ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށް ވަނީ ނިންމާފައިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ.ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢުގެ 2 ވަނަ ފޭސްގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

Advertisement

މި މަޝްރޫޢުގެ ދަށުން ގދ. ތިނަދޫގައި 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި، މަގު ބައްތި ޖެހިގެންދާނެއެވެ.

މިއީ 78,800,871.14 (ހަތްދިހަ އަށް މިލިއަން އަށްލައްކަ އަށްސަރޭކަ ހަތްދިހަ އެއް ރުފިޔާ ސާދަ ލާރި) ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް