ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 16:26
މެންބަރު އަބްދުއްރަހީމް އަބްދުﷲ
މެންބަރު އަބްދުއްރަހީމް އަބްދުﷲ
ޕީޕަލް މެގަޒިން
ޕީޕީއެމް މެންބަރުން ވަކިވުން
ޕާޓީ ބަދަލުކުރުމަކީ ގޮނޑި ގެއްލެންޖެހޭ ކަމެއް ކަމަށް އަބަދުވެސް ގަބޫލުކުރަން: އަބްދުއްރަހީމް
ބަންޑާރަ ނައިބު ވަނީ މެންބަރުންގެ ގޮނޑި ގެއްލެންޖެހޭނެ ގޮތްތަކެއް ހިމެނޭ މައްސަލައެއް ސުޕްރީމްކޯޓަށް ވައްދާފަ
ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ވަނީ ޕާޓީ ދޫކުރައްވައިފަ
މަސީހާ ދެކޮޅަށް ޕީޕީއެމްގެ 11 މެމްބަރަކު ސޮއިކޮށްފައިވޭ

މަޖިލީހުގެ މެންބަރުން އެ މެންބަރަކު އިންތިހާބު ކުރި ޕާޓީން ބަދަލު ކުރުމަކީ ގޮނޑި ގެއްލެންޖެހޭ ކަމެއް ކަމަށް އަބަދުވެސް ގަބޫލު ކުރައްވާ ކަމަށް ފޮނަދޫ ދައިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ޓްވީޓް ކުރައްވާފައިވާއިރު ބަންޑާރަ ނައިބު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބް ވުމަށްފަހު އެ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލަކުރުމާއި އަދި ޕާޓީން ވަކިކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ނަމަވެސް މި މައްސަލަ ހުށަހަޅަން އުޅޭކަން އެނގުމާ ގުޅިގެން މީގެ ކުރިން ރާއްޖެއެމްވީން ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ޕާޓީ ބަދަލު ކުރާ މެމްބަރުން ނުވަތަ ޕާޓީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކޯޓުން ކަނޑައަޅަން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ތާއިދު ނުކުރާ ކަމަށެވެ. އެފަދަ އެއްވެސް މަޝްވަރާއެއް ޕީޕީއެމް ޕީޖީ ގުރޫޕްގައި ކުރެވިފައި ނުވާ ކަމަށާއި އަދި އެފަދަ އެއްވެސް މައްސަލަ އެއް ޕީޕީއެމްގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީންގެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ވެސް ވަނީ ގޮނޑި ގެއްލޭ ގޮތަށް ހެދުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މައްސަލަ ހުށަހަޅުއްވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓްކުރާނެ ކަމުގެ ޔަގީންކަންދީގެން އެ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކޮށް، އެ ސިޔާސީ ފިކުރު ރައްޔިތުންނަށް ވިއްކައިގެން، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވުމަށް ފަހު އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ނުވަތަ ފްލޯ ކްރޮސް ކުރުމަކީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ސިޔާސީ ފިކުރާއި ޚިލާފުވެ އެ ރައްޔިތުންނާއި ޕާޓީއަށް އޮޅުވާލުން ކަމަށެވެ. އެއީ އިންތިޚާބުކޮށްދިން ރައްޔިތުންނާއެކު ހެދިފައިވާ އިޖުތިމާއީ އަގުދާ ޚިލާފުވުން ކަމަށް އަނިލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް މިފަދަ ގޮތަކަށް ޓްވީޓް ކުރައްވާފައިވާ އިރު އެ ޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވަނީ ހޯމަ ދުވަހު ޕާޓީން ވަކިވެވަޑާއިގެންފަ އެވެ.

އެގޮތުން މައްޗަންގޯޅި ދެކުނު ދައިރާގެ މެންބަރު އަބްދުﷲ ސިނާން އާއި އިހަވަންދޫ ދައިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ތިމަރަފުށީ ދައިރާގެ މެންބަރު މުހައްމަދު މުސްތަފާގެ އިތުރުން ތިނަދޫ އުތުރު ދައިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދައިރާގެ މެންބަރު އަހްމަދު ތޯރިގާއި ތިނަދޫ ދެކުނު ދައިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވެސް ވަނީ ވަކިވެވަޑައިގެންފަ އެވެ.

މަޖީލީޙުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މެންބަރުން ސޮއި ހުށަހެޅި ލިސްޓުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނޭ 11 މެންބަރުން ހިމެނިފައިވާ އިރު މިހާރަނަށް މި ލިސްޓުގައި ހިމެނޭ 10 މެންބަރުން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވި އިރު އެހެން ޕާޓީތަކުންނާއި އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި ގިނަ މެންބަރުންތަކެއް ޕީޕީއެމްގައި ވެސް އެބަ ތިއްބެވެ.

- ކޮމެންޓް