Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 16:15
 ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު
މުހައްމަދު ޝަރުހާން
މެމްބަރު ނިހާން
ސަރުކާރުގެ މެޖޯރިޓީ ގެއްލިއްޖެ ކަމަށް ނިހާން ގަބޫލުކުރައްވައިފި
ހޯމަދުވަހު ވަނީ 6 މެމްބަރުން ޕީޕީއެމުން ވަކިވެވަޑައިގެންފައި

މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގަބޫލުކުރައްވައިފިއެއެވެ. 

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އިން 6 މެމްބަރުން ހޯމަދުވަހު ވަނީ ވަކިވެވަޑައިގެންފައެވެ. 

އެކަމާއި ގުޅިގެން ނިހާނު ވަނީ ހޯމަދުވަހު ޓްވީޓްތަކެއް ކުރައްވާފައެވެ. 

ނިހާން ހޯމަދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައިނޯރިޓީ ވެއްޓުނަސް މެޖޯރިޓީ ގެއްލުނަސް ރައްޔިތުން ހޮވި ގޮތްތަކާ ޚިލާފު ވާކަށް ބޭނުން ނުވާކަމަށެވެ. އަދި މެމްބަރުންނަކީ ވިއްކާ މުދަލެއް ނޫންކަމަށެވެ.  

މީގެ އިތުރުން ނިހާން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ މެމްބަރުން އިންތިޚާބު ވުމަށްފަހު އެމީހުން ބޭނުން އަގަކަށް މާކެޓްގައި ވިކުން އެއީ ރަނގަޅު ކަމަށް ދެކޭ ރައްޔިތުން އެބައުޅުއްވާތޯ ވަނީ ސުވާލުކުރައްވާފައެވެ.


ޕީޕީއެމްއިން މިއަދު ވަކިވެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު ސިނާނާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުއާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހިމެނިވަޑައިގަންނަވަ އެވެ. 

މަޖިލީހުގެ މެޖޯރިޓީއަކީ 43 މެމްބަރުންނެވެ. ނަމަވެސް މަޖިލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ފަހު ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީ ދޫކުރެއްވުމުން، ޕީޕީއެމް ކޯލިޝަންގެގެ މެމްބަރުންގެ އަދަދު 41 މެމްބަރުންނަށް ވަނީ ވެއްޓިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
10 ޖުލައި 2017 | ހޯމަ 20:35
އަލީ
ޕާޓީބަދަލު ކުރިޔަސް ވޯޓުދޭނީ އަދިވެސް ޕީޕީއެމް އަކަށް ނޫންތޯ.
10 ޖުލައި 2017 | ހޯމަ 20:34
ހައްވަ
އަދި ކިރިޔާތަ ނިހާނޫ މެމެބަރުންނަކީ ވިއްކާ މުދަލެއް ނޫންކަން އެނގުނީ؟
10 ޖުލައި 2017 | ހޯމަ 16:54
ސައީދު
ނިހާނުމެން މެންބަރުން ގަތްއިރު ތިކަން ހަނދާން ނެތްދޯ