Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 15:15
މެންބަރު އަބްދުﷲ އަހްމަދު
މެންބަރު އަބްދުﷲ އަހްމަދު
ޓްވިޓަރ
ޕީޕީއެމް މެންބަރުން ވަކިވުން
ޕީޕީއެމް މަޖިލީސް މެންބަރު އަބްުދުﷲ ވެސް ޕީޕީއެމް އިން ވަކިވެއްޖެ
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދި އިރު ސޮއި ކުރި މެންބަރުންގެ ތެރެއިން ޕީޕީއެމް 9 މެންބަރުން ވަނީ ޕާޓީން ވަކިވެފައި

ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް ޕީޕީއެމްގެ ކައުންސިލް މެންބަރު ކަމުން ތިނަދޫ ދެކުނު ދައިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވަކިވެވަޑައިގެންފި އެވެ.

މިކަން އޭނާވަނީ ޓްވިޓާގައި އާންމުކުރައްވާފަ އެވެ.

އޭނާ ކުރި ޓްވީޓުގައިވަނީ މިއަދުން ފެށިގެން ޕީޕީއެމްގެ ކައުންސިލް މެންބަރުކަމުން އިސްތިއުފާދީފައިވާ ކަމަށް ހާމަކުރައްވާފަ އެވެ.

އަބްދުﷲ އަހްމަދު މަޖިލީސްމެންބަރަކަށް ހޮވިފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެެވެ. އެހެން ނަމަވެސް ފަހުން ވަނީ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕާ ގުޅިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމްއިން ސޮއިކުރި މެންބަރުންގެ ލިސްޓުގައި ވެސް އޭނާ ހިމެނިވަޑައިގަންނަވައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމްގެ ޕީޖީ ގްރޫޕުގައި ހިމެނޭ މެންބަރުންގެ ތެރެއިން މިއަދު ހަ މެންބަރުން މިހާތަނަށް  ޕީޕީއެމް އިން ވަކިވެފައިވާ އިރު މި ލިސްޓުގައި ހިމެނޭ މުޅި ޖުމްލަ10  މެންބަރުން ވަނީ ޕީޕީއެމް އިން ސޮއިކޮށްފަ އެވެ. 

ޕީޕީއެމްގައި ހިމެނޭ ގިނަ މެންބަރުންތަކެއް އިސްތިއުފާ ދެމުންގެންދާ އިރު ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަ އަދި ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގައި އެ މެމްބަރަކު ތަފްސީލް ކުރައްވާ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް އެޓާނީ ޖެނެރަލް ވަނީ ހުށަހަޅާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް