ކ. މާލެ
|
24 މެއި 2023 | ބުދަ 16:02
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
އެމްއާރްއެމް އުވާލުން
3000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލައިފި
ބުދަ ދުވަހުން ފެށިގެން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް ވަނީ އަންގާފައި
އެމްއާރްއެމްގައި ތިބީ 2981 މެމްބަރުން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ން ބުނީ މެންބަރުން ހަމަކުރުމަށް ދެވުނު 3 މަސްދުވަހުގެ މުއްދަތުގައި 3000 މެންބަރުން ހަމަވެފައި ނުވާތީ އުވާލުމަށާ ބުދަ ދުވަހުން ފެށިގެން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އެޕާޓީއަށް އަންގާފައިވާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ކޮންމެ ޕާޓީއެއްގައިވެސް މަދުވެގެން 3،000 މެމްބަރުން ހަމަވާންޖެހެއެވެ. މެމްބަރުން ހަމަނުވާނަމަ އެ އަދަދު ހަމަކުރުމަށް ވަކި މުއްދަތެއް ދެވެއެވެ. އެ މުއްދަތުގެ ތެރޭގައި މެމްބަރުން ހަމަނުކުރާނަމަ އެ ޕާޓީއެއް އުވިގެންދާނެއެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމްއާރްއެމްއަށް ކޮމިޝަނުން ނޯޓިސް ދީފައިވެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ގެ ނިޔަލަށް އެމްއާރްއެމްގައި ތިބީ 2981 މެމްބަރުން ކަމަށް ކޮމިޝަންގެ ވެބްސައިޓުން ދައްކައެވެ.

އެމްއާރްއެމް އުވާލާފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާކަމަށް ބުނެ، އެ ޕާޓީގައި ތިބި ގިނަ އަދަދެއްގެ މެމްބަރުން ޕާޓީ ދޫކޮށް ގޮސްފައިވަނިކޮށްށެވެ. މީގެ ތެރޭގައި މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް