ކ. މާލެ
|
22 މެއި 2023 | ހޯމަ 10:04
އެމްޑީޕީން ވަކިވި މެންބަރުން
އެމްޑީޕީން ވަކިވި މެންބަރުން
ރާއްޖެއެމްވީ
12 މެންބަރުން އެމްޑީޕީން ވަކިވުން
12 މެންބަރުން އެމްޑީޕީން ވަކިވިކަން އިޢުލާނުކޮށްފި
12 މެންބަރުން އެމްޑީޕީން ވަކިވިކަން އަންގާފައިވާކަން އިޢުލާންކުރެއްވީ ހޯމަ ދުވަހު
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މެންބަރުން ޕާޓީން ވަކިވިކަން މަޖިލީހަށް އަމިއްލަފުޅަށް ހުށަހަޅުއްވަން ޖެހޭ

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ވަކިވިކަން މަޖިލީހުން އިޢުލާންކޮށްފިއެވެ.

އެމްޑީޕީން ވަކިވެފައިވާ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެންބަރުންނެވެ. އެ މެންބަރުން ވަނީ އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު އެހެން ޕާޓީއެއް އުފައްދަވާފައެވެ.

ހޯމަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ 12 މެންބަރުން އެމްޑީޕީން ވަކިވިކަން އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ވެސް އެ މެންބަރުން ޕާޓީން ވަކިވިކަން އިލެކްޝަނުން ވަނީ މަޖިލީހަށް އަންގާފައެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާގޮތުން އެއްވެސް މެންބަރަކު ޕާޓީން ވަކިވިކަން މަޖިލީހަށް އަމިއްލައަށް ހުށަހަޅަން ޖެހެއެވެ.

އަދި އެކަން އެގޮތަށް ކުރައްވާފައިނުވާތީ މީގެ ކުރިން އެމްޑީޕީގެ ވަގުތުގައި ޕާޓީން ވަކިވެވަޑައިގެންނެވި މެންބަރުންނަށް މަޖިލީހުގައި ވާހަކަދެއްކެވުމަށް ފުރުސަތު ވެސް ދެއްވާފައިވެއެވެ. އެކަމުގެ ސަބަބުން އެމްޑީޕީގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

އެމްޑީޕީން ވަކިވެވަޑައިގަންނަވާފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު)، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)، ގދ. ގައްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޒާހިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް، މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން، އަދި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް