Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 11:49
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓް
ތިން ފަނޑިޔާރުންނާއެކު ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުން މިއަދު ދުސްތޫރީ މައްސަލައެއް ބަލަނީ!
ތިން ފަނޑިޔާރުންނާއެކު ކުއްލި ގޮތަކަށް ތާވަލުކުރި މައްސަލައެއް
ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ކަމަށް
ބަންޑާރަނައިބު ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައެއް

ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް މިއަދު މެންދުރު 1:00 އަށް ދުސްތޫރީ މައްސަލައެއް ތާވަލުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ބުނާ ގޮތުން އެ މައްސަލައަކީ ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައެކެވެ.

ވެބްސައިޓުގައި ބުނާގޮތުން މައްސަލަ ބައްލަވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ދުސްތޫރީ މައްސަލައެއް މިއަދު ބާއްވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ ވަގުތު ހުރި ޕާޓީން ވަކިވިޔަސް ނުވަތަ ޕާޓީގެ ވިޕްލައިނާ ޚިލާފު ވިޔަސް މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ގެންދެވީ ރިޔާޒުގެ އެ ވާހަކަ ދޮގު ކުރައްވަމުންނެވެ.

ތަފްސީލު އަންނަނީ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް