Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 07:41
މެންބަރުންތައް ގެނައި ދަބަސްތައް
މެންބަރުންތައް ގެނައި ދަބަސްތައް
ޓްވިޓަރ
ޕީޕީއެމް ލަންކާ ދަތުރު
ދަބަސްތަކުގައި ހުރީ ކުދި ދަރިންނަށް ގެނައި ޗޮކްލެޓް: ފަލާހު
ލަންކާއިން ގެނައީ ފަސް ދަބަހެއް
ފައިސާ ގެނައި ވާހަކައަކީ ދޮގެއް
ދަބަހުގައި ހުރީ ދަރިންނަށް ގެނައި ޗޮކްލެޓް

ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންތަކެއް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންނެވި އިރު ގެންނެވި ދަބަސްތަކުގައި ހުރީ ފައިސާ ކަމަށް ދެކެވޭ ވާހަކަތައް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ދޮގުުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ޕީޕީއެމްގެ ވަފްދެއް ލަންކާއަށް ވަޑައިގެންނެވީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

ލަންކާއަށް ވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ފަލާހުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން އާއި، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް އެވެ.

އެ ދަތުރަށްފަހު ހޮނިހިރު ދުވަހުގެ ރޭ މެންބަރުންތައް އެނބުރި މާލެ ވަޑައިގެންނެވިއިރު، ފަސް ދަބަހެއް ގެނެސްފައިވެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަަ ގޮތުގައި އެ ދަބަސްތަކަކީ އެއް ބްރޭންޑެއްގެ، އެއް ކަހަލަ ދަބަސްތަކެކެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ އެ ދަބަސްތަކުގައި ހުރީ ފައިސާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.

އެ ދަބަސްތަކާ ގުޅޭ ގޮތުން ރާއްޖެއެމްވީއިން ސުވާލުކުރުމުން ފަލާހު ވަނީ އެއީ ފައިސާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ "އެއީ ކުދިވެރިންނަށް ގެނައި ޗޮކްލެޓް" ކަމަށެވެ. "އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ކުދި ދަރިން އެބަ ތިބި، ރާއްޖެއިން ބޭރަށް ގޮސްފައި އަންނަ އިރު ހަދިޔާ ގެންނާނެތާ އެންމެންވެސް،" ފަލާހު ވިދާޅުވި އެވެ.

ޕީޕީއެމްގެ ވަފުދެއް ލަންކާއަށް ވަޑައިގަތީ މަސީހުގެ އިތުބާރުގެ މައްސަލައިގައި ސޮއިކުރި އެ ޕާޓީގެ މެންބަރުންތަކަކާ ބައްދަލުކުރުމަށް ކަމަށް ވާހަކަ ފެތުރިފައިވީ ނަމަވެސް، ޕީޕީއެމް އިން އެކަން ދޮކުރެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
16 ޖުލައި 2017 | އާދީއްތަ 13:42
ގާދިރު
ލަންކާއިންޗޮކުލެޓްބަހަނީތަމެމްބަރުންގރދަރިންންނަށް
16 ޖުލައި 2017 | އާދީއްތަ 13:40
ގާދިރު
މަސްތުވާތަކެތިގެންނަމީހާވެސްބުނަނީއޭނަގެއެއްޗެއްނޫނޭމީހަކުހަދިޔާއަކައްދިންއެއްޗެކޭ
10 ޖުލައި 2017 | ހޯމަ 15:28
ކަރެޕްޝަން
ދަބަސްތަކުގައި ހުރިކަމަށްވާނީ ޑޮލަރު، އެއީ ޕްރޮޖެކްޓްތަކުގެ އެޑްވާންސް ގޮތުގައި ދައްކަންޖެހޭ ފައިސާ ، މިފައިސާ ޖަމާކުރާނީ ލަންކާގެ ބޭންކެއްގެ އެކައުންޓަކަށް،
10 ޖުލައި 2017 | ހޯމަ 14:45
ދސސަދފސަދ
ލަންކާ ރީފްސައިޑުން ތަކެތި ގަތީމަ ކޮންމެ މީޖހަކަށްވެސް މިޑޮލަރު ގީނިލިބޭނެ. ތޮއްޔިބަކީ ސޭކެއް
10 ޖުލައި 2017 | ހޯމަ 11:40
ޖޯޖް
ހާދަ ބައިވަރު ޗޮކްލެޓެއް ކުދިވެރިންނަށް ތިދެނީ.. މ ިޒަމާނަކީ ޗޮކްލެޓްދީގެން ލޯބި ހޯދާ ޒަމާނެއް ނޫނެވެ. ބޭނުންވަނީ ލޯތްބާއި އޯގާތެރިކަމާއި އަޅާލުމެވެ.