ކ. މާލެ
|
17 މެއި 2023 | ބުދަ 18:25
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓްރީ
އަލީ ވަހީދުގެ މައްސަލަ
ރައީސް ސާލިހު، އަލީ ވަހީދަށް މައާފު ދެއްވިކަމަށް ބުނެ ފަތުރާ ޚަބަރު ސަރުކާރުން ދޮގުކޮށްފި
ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރެއްވުމުގެ ތުހުމަތުކުރެވިފައިވޭ
އަލީ ވަހީދު މިހާރު ހުންނެވީ ފިއްލަވައިގެން ރާއްޖެއިން ބޭރުގައި

ރައީސް އިބްރާހީމް މުހައްމަދު ސާލިހު، އަލީ ވަހީދަށް މައާފު ދެއްވިކަމަށް ބުނެ ފަތުރާ ޚަބަރު ސަރުކާރުން ދޮގުކޮށްފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް ސާލިހު އަލީ ވަހީދަށް މައާފު ދެއްވިކަމަށް ބުނެ ފަތުރާ ޚަބަރަކީ ހަގީގަތެއް ނެތް ދޮގު ޚަބަރެއް ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވެނީ، ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރެއްވުމުގެ ތުހުމަތެވެ.

ޖިންސީ ފުރައްސާރައާއި ޖިންސީ އަނިޔާގެ މައްސަލަތަކުގައި މި ސަރުކާރުން ގެންގުޅެނީ "ޒީރޯ ޓޮލަރެންސް" ކަމަށްވާއިރު، މިމައްސަލައާ ގުޅިގެން، ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން އަލީ ވަހީދު ވަކިކުރެއްވީ 09 ޖުލައި 2020ގައެވެ.

އަލީ ވަހީދު މިހާރު ހުންނެވީ ފިއްލަވައިގެން، ރާއްޖެއިން ބޭރުގައެވެ. ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި އޭނާ ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ.

އޭނާ ގެނައުމުގެ މަސައްކަތްވެސް އިންޓަރޕޯލް މެދުވެރިކޮށް ފުލުހުން ގެންދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
17 މެއި 2023 | ބުދަ 23:09
ކިލެގެފާނު
އިންޓަޕޯލް މެދުވެރިކޮށް ކުރާ މަސައްކަތެއް ހާމަ ކުރަންވީނު؟