ކ. މާލެ
|
17 މެއި 2023 | ބުދަ 12:12
ހަސަން މުޣުނީ - ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު
ހަސަން މުޣުނީ - ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު
ރާއްޖެއެމްވީ
މުޣުނީ މަޤާމުން ވަކިކުރުން
މުޣުނީ މަޤާމުން ވަކިކޮށްފި
އޭނާ މަގާމުން ވަކި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން
މުޣުނީ ވަކިކޮށްފައިވާކަން ރައީސް އޮފީހުން ކަށަވަރުކޮށްދޭ

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހަސަން މުޣުނީ އެ މަޤާމުން މިއަދު ވަކިކޮށްފިއެވެ.

އޭނާ އެ މަޤާމުން ވަކިކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ "ރާއްޖެ އެމްވީ" އަށް ކަށަވަރު ކޮށްދީފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ މުޣުނީ މަޤާމުން ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީ އިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

މުޣުނީ ކުރިން ހުންނެވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ. ނަމަވެސް އެ މަޤާމުން އޭނާ ވަކިކޮށް އެންވަޔަރަމަންޓް މިނިސްޓްރީއަށް ބަދަލު ކުރީ މިދިޔަ އަހަރުއެވެ.

މުޣުނީ މަޤާމުން ވަކިކޮށްފައިވާއިރު އޭނާ ގެންދަވަނީ ޓްވިޓަރ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި މިހާރުގެ ސަރުކާރުގެ ބޭފުޅުންނާއި ކުންފުނިތަކުގެ އިސްވެރިންނަށް ނިސްބަތްވާގޮތަށް ބޮޑެތި ތުހުމަތުކޮށް، ފާޑުވިދާޅުވަމުންނެވެ.

މުޢުނީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ރައީސް ޞާލިހަށް ވަގަށް ގޮވާފައިވާއިރު އޭނާ ވަނީ މިހާރު އެ ޓްވީޓު ޑިލީޓް ކޮށްފައެވެ. އަދި ރާއްޖޭގެ ބައެއް ނޫސްތަކަށް އޭނާ ވަނީ އެއީ އޭނާ ކުރި ޓްވީޓެއް ނޫން ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް