Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 18:48
ޔާމީން ރަޝީދާއި ގުޅޭ ޓްރާންސްޕޭރެންސީ ރިވިއު
ޔާމީން ރަޝީދާއި ގުޅޭ ޓްރާންސްޕޭރެންސީ ރިވިއު
ރާއްޖެއެމްވީ
ޔާމީން ރަޝިދުގެ މަރު
ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު އެންމެ ރަގަޅަށްދާކަމަށް ގަބޫލެއް ނުކުރެވޭ: ތޮލާލް
ޓްރާންސްޕޭރެންސީ ރިވިއު ހާއްސަ ކުރެވިފައިވަނީ ޔާމީން ރަޝީދަށް
ޔާމީން ރަޝީދުގެ ލިޔުންތައް ވެސް ވަނީ ހިމެނިފައި
ޔާމީން މަރާލުމުގައި ބައިވެރިވި ތިން މީހެއްގެ މައުލޫމާތު ފުލުހުން ވަނީ ހާމަކޮށްފަ

އަނިޔާވެރިގޮތަކަށް މަރާލާފައިވާ  ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު އެންމެ ފުރިހަމައަށް ހިނގާކަމަށް ގަބޫލު ނުކުރެވޭކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ޓްރާންސްޕޭރެންސީ ރިވިއުގެ ތިން ވަނަ އެޑިޝަން ހާއްސަ ކުރެވިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދަށެެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަހްމަދު ތޮލާލް ވިދާޅުވީ، ޔާމީން ރަޝީދު މަރާލާފައިވަނީ، ޓްރާންސްޕޭރެންސީގެ ތިން ވަނަ ރިވިއުގެ މަސައްކަތް ނިންމާލުމާ ގާތްވެފައިވަނިކޮށް ކަމަށާއި އެހެން ނަމަވެސް ޔާމީންގެ މަރާއި ގުޅިގެން، ޓްރާންސްޕޭރެންސީގެ ރިވިއު އޭނާއަށް ހާއްސަކުރަން ނިންމީ ކަމަށެވެ.

ތޮލާލް ވިދާޅުވީ، މިފޮތުގައި ޔާމީން ރަޝީދުގެ ބައެއް ލިޔުންތަކާއި އޭނާގެ ގާތް ރަހުމަތްތެރިންނާއި އާއިލާގެ މީހުންގެ ލިޔުންތައް ހިމެނިފައިވާނެ ކަމަށެެވެ.

އިނގިރޭސި ބަހުން ނެރެފައިވާ މި ރިވިއުގައި ޕޮޔަމްތައް ވެސް ވަނީ ހިމެނިފަ އެވެ.

ތޮތާލް ވަނީ ޔާމީންގެ މަރަށް ގާތްގަނޑަކަށް ތިން މަސްވާން ކައިރިވެފައިވާއިރު އެންމެ އެދެވޭ ގޮތަށް ތަހުގީގުގެ ކަންކަން ކުރަމުންދާކަމަށް ގަބޫލު ނުކުރާކަމަށް ވިދާޅުވެފަ އެވެ.

" ޔާމީން މަރުވުމާ ގުޅިގެން ސަރުކާރުގެ ރެސްޕޮންސް އައި ގޮތުން ވަރަށް ބޮޑަށް ހަމަ ޔާމީން މަރުވީ ޔާމީން ކުރާ މަސައްކަތުގެ ސަބަބުން ކަމާއި ވަރަށް ބޮޑަށް މަރުގެ ޒިންމާ ޔާމީންގެ ބޮލުގައި އެޅިގެންދާގޮތަށް ވާހަކަތައް ދެކެވިގެންދިޔަ.. ސޯޝަލް މީޑިޔާގައި އެހެން މީހުންވެސް ހަމަ އެ ވިސްނުން ފޮލޯ ކުރަމުންދިޔަތަން ފެނުނީ ."  ތޮލާލް ވިދާޅުވި އެވެ.

ޔާމީން ރަޝީދު އިންސާނީ ހައްގުތަކަށްޓަކާއި ދެއްކި ވާހަކަތަކަކީ އޭނާ މަރުވާންޖެހޭނެ ސަބަބެއްގެ ގޮތުގައި ދޭހަވާ ގޮތަށް ސަރުކާރުން ވާހަކަތައް ދެކެވިގެންދިއުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ތޮލާލް ވިދާޅުވި އެވެ.

މީގެ އިތުރުން މިކަމަކީ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭނެ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި ތިބި މަންދޫބުން ގަބޫލު ނުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ހުށަހެޅި 800 ލިޔުމެއް ބަލައިނުގަނެ ކަންކަން ކުރެވިގެންދިޔައީ ވަރަށް އިހާނެތިކޮށް ކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އެކަން އިންސާފުވެރިގޮތަކަށް ނިމިގެންދިއުމަކީ އެންމެ ބޭނުންވާ ގޮތް ކަމަށާއި އެހެންނަމަވެސް މި މައްސަލައިގައި ފުލުުހުން ވާހަކަދައްކާލެއް މަދުކަން އޭނާ ފާހަގަކުރެއްވި އެވެ.

" އެންމެ ފަހުންވެސް ފެނިގެންދިޔައީ މިފަދަ ބޮޑު ކަމަކާ ގުޅިގެން ފުލުހުން ބަޔާނެއް ނެރުނުތަން. އޭގެ ބަދަލުގައި ފުލުހުންގެ ފަރާތުން ވާހަކަ ދައްކާ ޖަވާބުދާރީވާތަނެއް ފެނިގެން ނުދޭ. އެކަން ކުރި މީހުން އެނގެން ބޭނުންވޭ. އެކަމަކު އެޔާއެކު މިކަން ކުރި މީހަކު ނޭނގޭހާ ހިދަކު އެކަން އަމަލީގޮތުން ކުރި ބަޔަކު ހޯދައިގެން މިކަމުގައި އިންސާފު ލިބޭނެ ކަމަށް ގަބޫލެއް ނުކުރަން." ތޮލާލް ވިދާޅުވި އެވެ.

މި ހަފްލާގައި ޔާމީން ރަޝީދުގެ ދައްތަ އައިޝަތު ރަޝީދު ވަނީ، ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދާ ދިނުމަށް މަސައްކަތް ކުރަމުންދާ ހުރިހާ  ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.

 މީގެ އިތުރުން ޓްރާންސްޕޭރެންސީ ރިވިއުގައި ހުރި ބައެއް ލިޔުންތައް ބައެއް ފަރާތްތަކުން ވަނީ ކިޔައިދީފަ އެވެ.

މި ރަސްމިޔާތުގައި ޔާމީން ރަޝީދުގެ އާއިލާގެ ފަރާތްތަކުގެ އިތުރަށް ވަގަށް ނެގި ނޫސްވެރިޔާ ރިލްވާން އަހްމަދުގެ އާއިލާގެ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ މ. ޠާއިފް އިސްމާއީލް ރަޝީދު، 25، އާއި ހ. އަންނާރު މާގޭ އިސްމާއީލް ހައިޝަމް ރަޝީދު، 21، އާއި މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއީލް ކަމަށެވެ

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް