Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 15:55
ރައީސް މައުމޫނު އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަނެ ގައުމު އިސްލާހު ކުރެއްވުމުގެ މަސައްކަތް ކުރައްވާތީ ސަރުކާރުގެ އިސްވެރިން ތިއްބެވީ ނުތަނަވަސް ކަމެއްގައި
ރައީސް މައުމޫނު އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަނެ ގައުމު އިސްލާހު ކުރެއްވުމުގެ މަސައްކަތް ކުރައްވާތީ ސަރުކާރުގެ އިސްވެރިން ތިއްބެވީ ނުތަނަވަސް ކަމެއްގައި
ޓްވިޓަރ
ރައީސް މައުމޫނުގެ ރައްދު
ވަޒީފާ ދެމެހެއްޓުމާއި މަންފާތައް ލިބެން އޮތް ގޮތަކީ އަޅުގަނޑަށް ހަމަލާ ދިނުން ކަމަށް ވާނަމަ އެކަންވެސް ކުރޭ: މައުމޫނު
ރައީސް މައުމޫނަށް ސަރުކާރުގެ ވެރިން ފުލުފުލުގައި ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުން

ވަޒީފާ ދެމެހެއްޓުމާއި މަންފާތައް ލިބެން އޮތް ގޮތަކީ ރައީސް މައުމޫނަށް ހަމަލާ ދިނުން ކަމަށް ކުރެވެން އޮތް ކޮންމެ ގޮތަކަށް އެކަން ކުރިއަސް ފަރުވާލެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ.

 

ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނުގެ ބޭނުންފުޅަކީ ގައުމާ ދީނަށް ޚިދުމަތް ކުރެއްވުން ކަމަށާއި، އެހެން މީހަކަށް އޮތް ފުރުސަތަކަށް ގެއްލުން ދެއްވުން ނޫން ކަމުގައެވެ.

މި ދަނޑިވަޅަކީ ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިން ރައީސް މައުމޫނަށް އަމާޒު ކުރައްވާ އެކި އެކި މީޑިއާގައި ވަރަށް ދަށު ދަރަޖައިގެ ބަސްތަކުން ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާ ދުވަސް ކޮޅެއްކަން ފާހަގަ ކުރެވެއެވެ.

މިގޮތުން ރައީސް ޔާމީން ސަރުކާރުގައި ހިމެނިވަޑައިގަންނަވާ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވި ފުރުސަތެއްގައި ކެބިނެޓުން ޖާގަ ހޯއްދެވި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި، އެމްޑީއޭގެ ލީޑަރ މުހައްމަދު ޝިޔާމް ދެއްވި ފުރުސަތެއްގައި ފިޝަރީޒް މިނިސްޓަރުކަން ލިބިވަޑައިގެންނެވި މުހައްމަދު ޝައިނީ ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން ރައީސް މައުމޫނުގެ ސަރުކާރުގައި މަތީ ވަޒީފާތަކެއް ދެއްވި އަދި މިހާރު ރައީސް ޔާމީންގެ ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގައި ހުންނެވި، މުހައްމަދު ހުސެއިން ޝަރީފް ރައީސް މައުމޫނަށް އަމާޒު ކުރައްވާ ބޮޑެތި ތުހުމަތު ތަކެއް ޓީވީއެމްގައި ވަނީ ދާދި ފަހުން ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
9 ޖުލައި 2017 | އާދީއްތަ 17:24
މޯޑް
ކީއްކުރާނީ ، އެވެރިންނަށް އެވަޒީފާގައި އެތިބެވެނީ ކޮންމެވެސް މީހަކާ ދިމާލަށް ކޮންމެވެސް އެތިވަރުތަކެއް ގޮވައިގެން
9 ޖުލައި 2017 | އާދީއްތަ 16:37
ަޢަބްދުﷲ
ކުރީގައި އެމް.ޑީ.ޕީ ކުދިން މައުމޫނަށް ގޮޅާބޯ ގޮވީ އެއީ ރީތި ލަގަބަކަށް ވީމާތޯ؟