Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 15:06
މޫފުށީ ޖަލު: އަނިޔާވި ގައިދީގެ ގޮޅި ވަނީ ބަދަލުކޮށްފަ
މޫފުށީ ޖަލު: އަނިޔާވި ގައިދީގެ ގޮޅި ވަނީ ބަދަލުކޮށްފަ
ގޫގުލް
ޖަލުގެ މާރާމާރީ
ޖަލުގައި ހިންގި މާރާމާރީގައި ތޫނު ހަތިޔާރު ބޭނުމެއް ނުކުރޭ، ހުރީ ނިޔަފަތި އަޅުވާފަ: ކަރެކްޝަން
އެއްވެސް ގައިދީއަކަށް ބޮޑު އަނިޔާއެއް ނުލިބޭ
ތޫނު ހަތިޔާރެއް ބޭނުން ކޮށްފައެއް ނުވޭ
ހަމައެކަނި ހުރީ ނިޔަފަތި އަޅުވާފައި

މާފުށީ ޖަލުގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީގައި ތޫނު ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް(އެމްސީއެސް) އިން ދޮގުކޮށްފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީ ޖަލުގައި ހުކުރު ދުވަހުގެ ރޭ މާރާމާރީއެއް ހިންގި ކަމަށާއި ނަމަވެސް، ތޫނު ހަތިޔާރު ބޭނުންކުރި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ.

މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ގައިދީއަކު ޒަޚަމް ކޮށްލާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް، ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްވެސް ގައިދީއަކަށް ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޒަޚަމްވި ކަމަށް ބުނާ ގައިދީއަށް ލިބުނު ހަމައެކަނި އަނިޔާއަކީ ހަށިގަނޑުގައި ނިޔަފަތި އަޅުވާފައި ހުރުން ކަމަށެވެ. އަދި އޭނާއަށް ފަރުވާދިނުމަށް ފަހު މިހާރު އެހެން ގޮޅިއަކަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މާރާމާރީ ހިންގީ މާފުށި ޖަލުގެ ޔުނިޓް ނުވައެއްގެ ވިންގް ދޭއްގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް