Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 14:59
އެމްޕީއެލް
އެމްޕީއެލް
މުހައްމަދު ޝަރުހާން
އެމްޕީއެލް
އެމްޕީއެލްގައި ހުރި ސައިކަލްތަކެއް ވަގަށް ބޭރުކުރި މައްސަލަ ތަހުގީގު ކުރަނީ
އެމްޕީއެލް އިން ގެއްލިފައި ވަނީ ތިން ސައިކަލް
މައްސަލައާ ގުޅިގެން ބައެއް މުއައްޒަފުން ވަނީ ސަސްޕެންޑް ކޮށްފައި
އެމްޕީއެލްގެ އިތުރުން ފުލުހުން ވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ހުރި ސައިކަލްތަކެއް ސައިކަލްތަކެއް ވަގަށް ބޭރުކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްޕީއެލް އިން ސައިކަލްތަކެއް ގެއްލިފައި ވަނީ ރަމްޟާން މަހުގެ ކުރިން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެމްޕީއެލް އިން ގެއްލިފައި ވަނީ ތިން ސައިލްކަމަށާއި އަދި އެ ސައިލްތައް ގެއްލިފައި ވަނީ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އެމްޕީއެލްގެ އޮފިޝަލް ވިދާޅުވީ ސައިކަލްތައް ގެއްލުނު މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާ އެ މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން އޮފިޝަލް ވިދާޅުވީ ސައިލަތައް ގެއްލިފައިވާތީ އެކަމާ ގުޅިގެން އެމްޕީއެލް އިން އެތެރޭގެ ތަހުގީގެއް ވެސް ކުރަމުންދާ ކަމަށާއި އަދި މައްސަލައާ ގުޅިގެން ބައް މުއައްޒަފުން ސަސްޕެންޑް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން އޮފިޝަލް އޮފިޝަލް ވިދާޅުވީ ސައިލަްތައް ގެއްލުނު މައްސަލަ ބެލުމަށްތަކައި ކުންފުނިން ހާއްސަ ކޮމެޓީ އަށް އެކުލަވާލާފައިވާ ކަމަށާއި ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށްވާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް