Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 13:59
އެމްއެންޑީއެފް ކޯސްޓްގާޑް
އެމްއެންޑީއެފް ކޯސްޓްގާޑް
ޓްވިޓަރ
އެމްއެންޑީއެފް
ވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް ތިމަރަފުށީ ނެރު ކައިރި އަށް އަޑިއަށް ހިނގެއްޖެ
އެ ދޯނިން ދަތުރު ކުރީ ތިން މީހުން

ވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް ތ ތިމަރަފުށީ ނެރު ކައިރިއަށް އަޑިއަށް ހިގައްޖެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ދޯދި" ނަމަކަށް ކިޔާ 35 ފޫޓްގެ ދޯންޏެއް ތިމަރަފުށީ ނެރު ކައިރި އަށް އަޑިއަށް ދިޔަ ކަމުގެ ރިޕޯޓް ކޮށްފައި ވަނީ 11 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވީ އެ ދޯނިން ދަތުރު ކުރީ ތިން މީހުން ކަމަށާއި އަދި އެ ތިން މީހުންގެ ހާލު ވެސް ރަނަގޅު ކަމަށާއި އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިވިފައި ނުވާ ކަމަށް އެމްޑީއެފްގެ އޮފިޝަލް ވިދާޅުވިއެވެ.

އެމްއެމްޑީއެފްގެ އޮފިޝަލް ވިދާޅުވީ އެ ދޯނިން ދަތުރުކުރި ތިން މީހުން ވެސް މިހާރު ތިބީ ތިމަރަފުށީގައި ކަމަށާއި އަދި އެ ސަރަހައްދުގައި މިހާރު އެމްއެންޑީއެފްހެ ސެންޓަރަލް އެރިއާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ،

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް