ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 15:44
ރާއްޖެ ޕްރޮމޯޓްކުރުމުގެ އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ އެމްޑީ، ތޮއްޔިތު (ކ) އާއި ސީއެންއެން އިންޓަރނޭޝަނަލް ކޮމަރޝަލްގެ ޑިރެކްޓަރ ސޭލްސް، އަބިޖީތު ދަރު (ވ) ސޮއިކުރައްވަނީ
ރާއްޖެ ޕްރޮމޯޓްކުރުމުގެ އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ އެމްޑީ، ތޮއްޔިތު (ކ) އާއި ސީއެންއެން އިންޓަރނޭޝަނަލް ކޮމަރޝަލްގެ ޑިރެކްޓަރ ސޭލްސް، އަބިޖީތު ދަރު (ވ) ސޮއިކުރައްވަނީ
އެމްއެމްޕީއާރްސީ
ރާއްޖެ ޕްރޮމޯޓްކުރުން
"އެކްސްޕީރިއެންޝަލް ޓޫރިޒަމް" ޕްރޮމޯޓް ކުރުމަށް ސީއެންއެންއާއެކު ޕާޓްނަރޝިޕް އެގްރީމެންޓެއްގައި އެމްއެމްޕީއާރުސީން ސޮއިކޮށްފި
މިއީ ސީއެންއެންއާ ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީން މަސައްކަތްކުރާ ހަތަރުވަނަ ފަހަރު
ސީއެންއެންއާއެކު ވެފައިވާ އެއްބަސްވުމަކީ ދުނިޔޭގެ ބޮޑު އޯޑިއަންސަކަށް ވާސިލްވުމަށް އެހީތެރިވެދޭނެ އެއްބަސްވުމެއް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ސީއެންއެން އިންޓަރނޭޝަނަލް ކޮމަރޝަލްއާއެކު، އިޝްތިހާރުކުރުމާއި ބްރޭންޑެޑް ކޮންޓެންޓް ހެދުމުގެ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް، ރާއްޖޭގެ ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިތައް ޕްރޮމޯޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާ ބޭއްވީ އެމްއެމްޕީއާރުސީގެ މައި އޮފީހުގައި، 28 ފެބްރުއަރީ 2023ގައެވެ. އެމްއެމްޕީއާރުސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދެވެ. ސީއެންއެންގެ ފަރާތުން ސޮއިކުރެއްވީ، ސީއެންއެން އިންޓަރނޭޝަނަލް ކޮމަރޝަލްގެ ޑިރެކްޓަރ ސޭލްސް، އަބިޖީތު ދަރުއެވެ. މި ގްލޯބަލް ކެމްޕޭން ކުރިއަށްދާނީ 2023 ވަނަ އަހަރުގެ މޭ މަހާއި ޖޫންމަހުގެ ތެރޭގައެވެ.

މި ކެމްޕޭނުގައި ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ގުދުރަތީ ރީތިކަމާއި ތިމާވެށީގެ ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް (ހާއްސަކޮށް މިރޮނގުން ހިންގާ މަޝްރޫއުތަކަށް އަޅިއަޅުވާލައި، ޕްރޮމޯޓުކޮށް، އެންވަޔަރަމަންޓަލީ-ކޮންޝަސް ފަތުރުވެރިންނަށް ހިދުމަތްދިނުމުގައި ރާއްޖެއިން ހިންގާ ހަރަކާތްތައް ޕްރޮމޯޓުކުރާނެއެވެ. މިގޮތުން، ރީސައިކަލްކޮށްފައިވާ ރިސޯޓް އިންޓީރިއާތަކުން ފެށިގެން، ވޮލަންޓިއަރުން ހިންގާ ކޮންޒަރވޭޝަން ޕްރޮގްރާމްތަކަށާއި މިފަދަ ކަންކަމަށް މުޖުތަމައުން ދޭ ސަމާލުކަމަށް އަލިއަޅުވާލާނެއެވެ. އަދި މި ކެމްޕޭނުގައި، ރާއްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ސަގާފަތް ރައްކާތެރިކުރުން ހަރުދަނާކުރުމަށް މަސައްކަތްކުރާ ރައްޔިތުންނަށް ހާއްސަކޮށް އަލިއަޅުވާލާނެއެވެ.

މި ޕާޓްނަރޝިޕާ ބެހޭގޮތުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު ވިދާޅުވީ، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖެ ވަނީ ކުރީ ސަފުގައި ކަމަށެވެ. އަދި މިއީ މި މަސައްކަތުގައި ރާއްޖެއިން ނަގާކިޔާލެވޭ ދިވެހިން ފާހަގަކޮށް ޕްރޮމޯޓްކުރަންވީ ވަގުތު ކަމަށެވެ. ތޮއްޔިބު އިތުރަށް ވިދާޅުވީ، ސީއެންއެންއާއެކު ވެފައިވާ އެއްބަސްވުމަކީ ދުނިޔޭގެ ބޮޑު އޯޑިއަންސަކަށް ވާސިލްވުމަށް އެހީތެރިވެދޭނެ އެއްބަސްވުމެއް ކަމަށެވެ.

އަބިޖީތު ދަރު މި ޕާޓްނަރޝިޕާ ބެހޭގޮތުން ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތަކީ ވަރަށް ފުރިހަމަ، ދުނިޔެ ހައިރާންކުރުވާފަދަ މަސައްކަތްތަކެއް ކަމަށެވެ. އަދި ސީއެންއެންގެ ސްޓޯރީ ޓެލިންގއާއި އެންގޭޖިންގ ބްރޭންޑެޑް ކޮންޓެންޓަކީ ތިމާވެށްޓަށް ސަމާލުކަންދޭ ދަތުރުވެރިންގެ މެދުގައި ދެމެހެއްޓެނިވި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.

މި ކެމްޕޭނުގެ ތެރޭގައި، ސީއެންއެން އިން ޑިޖިޓަލް އަދި ބްރޯޑްކާސްޓް މީޑިއަމްތަކުގައި "ދަ ޖަރނީ މެޓަރސް އިން 2023"ގެ ޝިއާރުގެ ދަށުން ޑެޑިކޭޓެޑް ކޮންޓެންޓް ދައުރުކުރާނެއެވެ. މީގެ ތެރޭގައި ލިޔުންތަކާއި ވީޑިއޯތަކާއި އިޝްތިހާރުތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތައް ހިމެނެއެވެ.

މިއީ ސީއެންއެންއާ ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީން މަސައްކަތްކުރާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ޕްރެޒެންސް ދެމެހެއްޓުމަށް ކޮވިޑުގެ ބަލިމަޑުކަމުގެތެރޭގައި ކާމިޔާބު ތިން ކެމްޕޭން ހިންގާފައިވެއެވެ. މި ކެމްޕެއިންތަކުގެ ތެރެއިން ބެލުންތެރިންނާއި ކިޔުންތެރިން ޝައުގުވެރިވާފަދަ ކޮންޓެންޓް ސީއެންއެންއިން ބިނާކޮށް، ބައިނަލްއަގުވާމީ ދަތުރުވެރިންނަށް ރާއްޖޭގެ ހޯލިސްޓިކް އެލިމެންޓް ޕްރޮމޯޓުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް