ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 13:22
ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް
ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް
ބީބީސީ
ފޮރިން މިނިސްޓަރ ޑރ. އާސިމް
އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި
މިމަހުގެ 10 ން 11 އަށް އައިވަރީކޯސްޓް ގައި
ބަދަހި ދުނިޔެއެއްގައި ޒުވާނުން، ސުލްހަ އަދި ތަރައްގީ
އޯއައިސީގައި ރާއްޖެއިން ބައިވެރިވީ ޖުލައި، 26، 1976 ގައި

އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ) ގެ 44 ވަނަ ކައުންސިލް އޮފް ފޮރިން މިނިސްޓާރސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ފުރާވަޑައިގެންފި އެވެ.

އޯއައިސީގެ 44 ވަނަ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 10 ން 11 އަށް އައިވަރީކޯސްޓްގަ އެވެ. 

އެ ބައްދަލުވުމުގައި ރާއްޖެ ތަމްޒީލުކުރެއްވުމަށް ވަޑައިގެންނެވި ވަފްދުގަައި ފޮރިން މިނިސްޓަރުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ އެޑިޝަނަލް ސެކްރެޓަރީ ޑރ. މަރިޔަމް ޖަބީން އާއި ޑެސްކް އޮފިސަރ އައިޝަތު ފަރީނާ އެވެ.

މިއަހަރުގެ ބައްދަލުވުމުގެ ތީމުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ބަދަހި ދުނިޔެއެއްގައި ޒުވާނުން، ސުލްހަ އަދި ތަރައްގީ" އެވެ. މިއަހަރުގެ ބައްދަލުވުމުގައި ފަލަސްތީނުގެ ހާލަތާއި، މުސްލިމް ދުނިޔޭގައި ހުރި މައްސަލަތައް ރިވިއުކުރުމުގެ އިތުރުން ޓެރަރިޒަމް ފަދަ މައްސަލަތަކާ މެދު މެންބަރު ގައުމުތަކުގެ މެދުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާތައް ކުރެވޭނެ އެވެ. 

ރާއްޖެއިން އޯއައިސީގައި ބައިވެރިވީ، މިނިވަންކަން ލިބުނުތާ އެއް އަހަރު ފަހުން، 1976 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު އެވެ. އޭގެ ފަހުން ރާއްޖެއިން ގެންދަނީ އޯއައިސީގެ ހުރިހާ ބައްދަލުވުންތަކެއްގައި މެދުކެނޑުމެއް ނެތި ބައިވެރިވަމުންނެވެ.

 

- ކޮމެންޓް