ކ. މާލެ
|
10 މެއި 2023 | ބުދަ 20:23
ކޭ ޕާކު ރެޒިޑެންސްގެ ސްޓްރަކްޗަރ މަސައްކަތް ނިމިފައި
ކޭ ޕާކު ރެޒިޑެންސްގެ ސްޓްރަކްޗަރ މަސައްކަތް ނިމިފައި
ކޭ ޕާކް ރެސިޑެންސް
ކޭ ޕާކު މައްސަލަ
ކޭ ޕާކު މައްސަލަ: ދެމީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި
އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވޭ
އެ މީހުންގެ ވަނަވަރު އާންމެއްނުކުރޭ
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުން

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ ޕާކު ފްލެޓުތަކުގެ މައްސަލާގައި ދެމީހެއް ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން، މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލާގައި އެ ކުންފުނީގެ ދިވެހި ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ)އަށް ވައްކަމުގެ ތުހުމަތުކޮށް ޖިނާއީ ތަހުގީގުކުރުމަށް، ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު ވަނީ މައްސަލަ ހުށަހަޅާފައެވެ.

މިމައްސަލައާ ގުޅިގެން، މީގެ ކުރިން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ މަންޑޭގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެދީފައެވެ.

ބުދަ ދުވަހު ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ޕާސްޕޯޓު ހިފައްޓާފައިވަނީ އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ކަމަށެވެ. ނަމަވެސް އެ މީހުންގެ ވަނަވަރު އާންމެއްނުކުރެއެވެ.

މަންޑޭއަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރެއެވެ. އަދި އެ މަޝްރޫއު ހިންގާ ކުންފުނިކަމަށްވާ ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު އުޅެނީ ފައިސާ ހިފައިގެން ފިލަން ކަމަށްވެސް މަންޑޭ ތުހުމަތުކޮށްފައިވެއެވެ.

މިމައްސަލައާ ގުޅިގެން މިމަހުގެ 8 ވަނަ ދުވަހު ފުލުހުން ވަނީ، ކޭ ޕާކު ރެޒިޑެންސްއިން އެޕާޓްމަންޓް ގަނެފައިވާ މީހުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން ދިވެހި ފުލުހުންގެ ޚިދުމަތަށް އެންގުމަށް އެދިފައެވެ. ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ، ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ކޭ ޕާކު ރެޒިޑެންސް އެޕާޓްމަންޓްތައް އެކި ފަރާތްތަކަށް ވިއްކައި، ލިބުނު ފައިސާއަށް ހިޔާނާތްތެރި ވެފައިވާކަމަށް ތުހުމަތުކުރެވިގެން ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގަށް މައުލޫމާތު ބޭނުންވާކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް