Advertisement
ކ. މާލެ
|
10 މެއި 2023 | ބުދަ 13:22
އިމާރަތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ މަސައްކަތްތެރިން
އިމާރަތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ މަސައްކަތްތެރިން
ޔޫސުފް ސޮފްވާން ރަޝީދު
އިމާރާތްކުރުމުގެ ދާއިރާ
ބިލްޑިންގ އިންސްޕެކްޓަރުންގެ ފެންވަރާއި ޝަރުތުތައް ބަޔާންކޮށް ޤަވާއިދަށް އިސްލާޙުތަކެއް
ބިލްޑިންގ އިންސްޕެކްޓަރުންގެ ބާވަތް 1 އަދި ބާވަތް 2 ގެ ތައުލީމީ ފެންވަރާއި ޝަރުތުތައް ބަޔާންކޮށްފައިވޭ
"ސެޓުފިކެޓު އޮފް ސްޓްރަކްޗުރަލް ކޮމްޕްލަޔަންސް" ދޫކުރާ ފަރާތްތައް ހިމެނޭ

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

މި ޤަވާއިދަށް އަމަލު ކުރަން ފަށާފައިވަނީ ބުދަ ދުވަހުއެވެ.

މި އިސްލާޙުގައި ވަނީ ބިލްޑިންގ އިންސްޕެކްޓަރުންގެ ބާވަތް 1 އަދި ބާވަތް 2 ގެ ތައުލީމީ ފެންވަރާއި ޝަރުތުތައް ބަޔާންކޮށްފައެވެ.

އެގޮތުން ބަލާއިރު، ބިލްޑިންގ އިންސްޕެކްޓަރ ބާވަތް 1 އަކީ ޢިމާރާތުގެ ސްޓްރަކްޗަރ (އޮނިގަނޑު) ގެ މަސައްކަތްތައް ކުރަމުންދާއިރު ބަލައި ، އެ މަސައްކަތްތައް ކޮށްފައި ހުރީ ފާސްކޮށްފައިވާ ކުރެހުމާއި ޢިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދާއި ޕްލޭނިންގ ގަވާއިދާ އެއްގޮތަށްތޯ ބަލައި "ސެޓުފިކެޓު އޮފް ސްޓްރަކްޗުރަލް ކޮމްޕްލަޔަންސް" ދޫކުރާ ފަރާތްތަކެވެ.

Advertisement

އެ ފަރާތްތަކުގެ ގިންތި 1ށް ބަލާއިރު ސިވިލް އިންޖިނިއަރިންގ ނުވަތަ ސްޓްރަކްޗުރަލް އިންޖިނިއަރިންގ ނުވަތަ ބިލްޑިންގ ކޮންސްޓްރަކްޝަން ދާއިރާއިން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން ޝަރުތުކޮށްފައިވެއެވެ.

އަދި ގިންތި 2ށް ބަލާއިރު، ޢިމާރާތްކުރުމުގެ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއި، ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގެ ތަމްރީނެއް ހާސިލުކޮށްފައިވުން ނުވަތަ ތަޢުލީމީ ފެންވަރު ހާސިލުކުރުމަށްފަހު ލައިސަންސްޑް އިންޖިނިއަރިންގެ ބެލުމުގެ ދަށުން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރަމުންދާ ތަނެއްގައި މަދުވެގެން 150 (އެއްސަތޭކަ ފަންސާސް) ގަޑިއިރު ހޭދަކޮށްފައިވުން ހިމެނެއެވެ.

އޭގެ އިތުރުން، ބިލްޑިންގ އިންސްޕެކްޓަރ ބާވަތް 2 އަކީ މަސައްކަތްކޮށް ނިމޭއިރުގައި ޢިމާރާތް ނުވަތަ ތަން ހުރީ ކުރެހުމާ އެއްގޮތަށް ކަމަށާއ،ި ފެންނަން ހުންނަ ބައިތައް ހުރީ ޢިމާރާތްކުރުމާ ބެހޭ އިދާރީ ގަވާއިދާއި ޕްލޭނިންގ ގަވާއިދާ އެއްގޮތަށްތޯ ޗެކްކުރުމަށްފަހު "ޢިމާރާތް ބޭނުންކުރުމަށް ތައްޔާރުވެފައިވާކަމުގެ ލިޔުން" (ސެޓުފިކެޓު އޮފް ކޮމްޕްލަޔަންސް ފޮރ އޮކިއުޕަންސީ) އެއް ދޫކުރާ ފަރާތްތަކެވެ.

އެ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ޢިމާރާތްކުރުމުގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް