Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 12:31
ޑރ. އަލީ ނަސީރަށް ސަފީރު ކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވަނީ
ޑރ. އަލީ ނަސީރަށް ސަފީރު ކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވަނީ
ރައީސް އޮފީސް
ޑރ. އަލީ ނަސީރު
އދ. އަށް ޑރ. ނަސީރު އައްޔަން ކުރައްވައިފި
ނަސީރު އެންމެ ފަހުން ހުންނެވީ ފޮރިން ސެކްރެޓަރީގެ މަގާމުގައި
މަޖިލީހުން އޭނާ އަށް ރުހުން ދިނީ މިދިޔަ އަހަރުގެ ޖޫން މަހު

ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާގެ ސަފީރު ކަމަށް، ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޑރ. އަލީ ނަސީރު މުހައްމަދަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދިންތާ، އެއް އަހަރު ފަހުން، އެ މަގާމަށް އެނާ އައްޔަން ކުރައްވައި، ސަފީރު ކަމުގެ ފަތްކޮޅު އާދީއްތަ ދުވަހު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަލީ ނަސީރަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.

ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބް ކަމަށާއި، އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގެ އިތުރުން ކެނެޑާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ވެސް ޑރ. އަލީ ނަސީރު ވަނީ އައްޔަން ކުރައްވާފަ އެވެ.

އޭނާ އަށް މަޖިލީހުން ރުހުން ދީފައިވަނީ ދިނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.

ޑރ. އަލީ ނަސީރު އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާގެ ސަފީރު ކަމަށް އައްޔަން ކުރެއްވިއިރު، އޭނާގެ އަނބިކަނބަލުން އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް، އެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ނަމަވެސް އެކަން އަޒީމާ ވަނީ ދޮގުކުރައްވައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް