Advertisement
ކ. މާލެ
|
9 މެއި 2023 | އަންގާރަ 08:03
ފަރުމާ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލުގައި މިނިސްޓަރު މަހްލޫފް ވާހަކަފުޅުދައްކަވަނީ
ފަރުމާ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލުގައި މިނިސްޓަރު މަހްލޫފް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ފަރުމާ ފެސްޓިވަލް
ފަރުމާ ފެސްޓިވަލަކީ އާޓިސްޓުންގެ ކުރިއެރުމަށް އޮތް ފެށުމެއް ކަމަށް އުންމީދުކުރަން - މަހްލޫފް
މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލް
ފެސްޓީވަލް ކުރިޔަށްދާނީ މެއި މަހުގެ 8ން 13އަށް، ސޯޝަލް ސެންޓަރުގައި

ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލް ކަމަށްވާ ފަރުމާ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލަކީ އާޓިސްޓުންގެ ކުރިއެރުމަށް އޮތް ފެށުމެއް ކަމަށް އުންމީދުކުރައްވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ ފަރުމާ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ޔޫތު މިނިސްޓްރީގެ މަސައްކަތަކީ ހަމައެކަނި ފުޓްސަލް ދަނޑުތައް އެޅުން ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔާ ކަމަށް ވިދާޅުވިއެވެ. އެހެންމަވެސް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ފުރަތަމަ އާޓް ފެސްޓިވަލް މި ސަރުކާރުން ބޭއްވުމުން އެނގެނީ ކުރިން އަޅާ ނުލާ ވަރަށް އާޓިސްޓުންނަށް މި ސަރުކާރުން އަޅާލާކަންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް އާޓިސްޓުން ބޭނުންވާ ހިސާބަށް އެ ފަންނާނުންގެ ކަންކަން ނުގެންދެވޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި މި ފެސްޓިވަލާއެކު ޤާއިމްވާ ބްރިޖުގެ އެހީގައި ފަންނާނުންގެ ކަންކަން ފުރިހަމަކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ އެފަދަ ކަންކަމަށް މިނިސްޓްރީގެ އެއްބާރުލުން އަބަދުވެސް ދެއްވާނެ ކަމަށެވެ.

Advertisement

އެ ފެސްޓިވަލް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

ފެސްޓިވަލް ފަށާފައިވަނީ 8 ގައުމަކުން 80އަށްވުރެ ގިނަ ފަންނުވެރިންނާއެކުއެވެ.

މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މިފެސްޓީވަލް ކުރިޔަށްދާނީ މެއިމަހުގެ 8ން 13އަށް، ސޯޝަލްސެންޓަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް