Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 10:55
ކްރިމިނަލް ކޯޓް ބޭރުގައި އަބްދުﷲ ރިޔާޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
ކްރިމިނަލް ކޯޓް ބޭރުގައި އަބްދުﷲ ރިޔާޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރިޔާޒްގެ ޝަރީއަތް
ޖަލަށް ލިޔަސް އަޅުގަނޑުގެ މަސައްކަތްތަކަށް ބަދަލެއް ނާންނާނެ:ޜިޔަޒު
ރިޔާޒު މައްޗަށް ދައުވާ ކުރަނީ ފޯނުގެ ޕިން ކޯޑް ނުދިން މައްސަލައިގައި
10:30 އޮތް ޝަެރީއަތުގެ މަޖިލީހަށް ހާޒިރުވުމުގެ ޗިޓް ފޮނުވީ 9:20 ގައި
ރިޔާޒުގެ މައްޗަށް ހުކުމްކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ހުރަސް އަޅަން

ހުކުމްކޮށް ޖަލަށް ލިޔަސް، ސިޔާސީ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

 

ރިޔާޒު މިގޮތަށް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކުރާ މައްސަލައިގައި ހުކުމް ކުރުމަށްޓަކައި މިއަދު 10:30 އަށް ކުއްލި ގޮތަކަށް ތާވަލުކުރި ޝަރީއަތުގެ މަޖިލީހަށް ވަޑައިގެން ކްރިމިނަލް ކޯޓްގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

 

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ ގޮތުގައި ހުންނެވި އަބްދުﷲ ރިޔާޒު ވިދާޅުވީ ގޯސް ގޮތަކަށް ހުކުމް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ހުކުމް ކުރިޔަސް، ޖަލަށް ލިޔަސް އޭނާ ރައްޔިތުންގެ މަޖިލީހުގައި ކުރަމުން ގެންދާ މަސައްކަތަށް ބަދަލެއް ނާންނޭ ކަމަށެވެ.

 

"އަޅުގަނޑު ހުންނާނީ އަޅުގަނޑު ކުރި ހުވާގެ މަތީގައި،" ރިޔާޒު ވިދާޅުވި އެވެ.

 

ކޯޓަށް ހާޒިރުވުމުގެ ޗިޓް ރިޔާޒަށް ލިބިވަޑައިގަތީ ހެނދުނު 9:20 ހާއިރު އެވެ.


ރިޔާޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާގެ ފޯނު ޗެކް ކުރުމަށް ޕިން ކޯޑް ޖަހައިދޭން އެދުމުން ކޯޑު ޖަހާދީފައިނުވާތީ އެވެ.


ރިޔާޒަށް ހުކުމްކުރުން ކުއްލި ގޮތަކަށް ތާވަލުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ގުޅިފައިވާ ޕާޓީތަކުން ވަނީ ރައްޔިތުންގެ މަޖިލީހަށް ވައްދައިފަ އެވެ.

 

ރިޔާޒުގެ މައްސަލައިގައި ހުކުމްކުރުން ތާވަލުކުރީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް
9 ޖުލައި 2017 | އާދީއްތަ 13:27
މުރިންގު
މިހާރަށް އޯކޭ. އެކަމަކު ސިޓީއެއް ފައިކޭޓަށް ޖަހައިގެން ދެން ނުހިނގާތި
9 ޖުލައި 2017 | އާދީއްތަ 11:53
ލޫަަސީ
މަރުޙަބާ