ކ. މާލެ
|
6 މެއި 2023 | ހޮނިހިރު 15:09
ޝިހާބު، ފިކުރެއްގެ ދިރުމާއެކު ގާސިމާ އަރިހުގައި ބައްދަލުކުރައްވަނީ
ޝިހާބު، ފިކުރެއްގެ ދިރުމާއެކު ގާސިމާ އަރިހުގައި ބައްދަލުކުރައްވަނީ
ޖުމްހޫރީ ޕާޓީ
ރައީސްގެ އެޑްވައިޒަރ ޝިހާބު
ރައީސްގެ އެޑްވައިޒަރަކަށް އައްޔަނުކުރެއްވި ޝިހާބު، ފިކުރެއްގެ ދިރުމާއެކު ގާސިމްގެ އަރިހުގައި
ޖޭޕީން މައުލޫމާތު ދޭ ގޮތުގައި މިއީ އެ ޕާޓީން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުމެއް
ޝިހާބު ރައީސް ސޯލިހުގެ އެޑްވައިޒަރުކަމަށް އައްޔަނުކުރެއްވީ 15 އޮކްޓޯބަރ 2019ގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް އައްޔަނުކުރެއްވި މުހައްމަދު ޝިހާބު ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާ ފޮޓޯއެއް އަނެއްކާވެސް އާންމުވެއްޖެއެވެ.

މަޖިލީހުގެ ރައީސްކަން ކުރެއްވި ޝިހާބު، ރައީސް ސޯލިހުގެ އެޑްވައިޒަރުކަމަށް އައްޔަނު ކުރެއްވީ 15 އޮކްޓޯބަރ 2019ގައެވެ.

ޝިހާބު ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި ހިންގަވަމުން ގެންދަވާ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެމްބަރުންނާއެކު ހޮނިހިރު ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވާފައެވެ.

Advertisement

މި ބައްދަލުކުރެއްވުން އޮތީ ސަން އައިލެންޑް ރިސޯޓްގައެވެ. ޝިހާބުގެ އިތުރުން މި ބައްދަލުވުމުގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، ހުސައިން އަމްރުގެ އިތުރުން، އަހުމަދު ނިހާން ހުސައިން މަނިކު ހިމެނިވަޑައިގަންނަވައެވެ.

ޖޭޕީން މައުލޫމާތު ދޭ ގޮތުގައި މިއީ އެ ޕާޓީން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.

މުޙައްމަދު ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއްވަންދެން ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޝިހާބު ވަނީ ދެ ވުޒާރާއެއްގެ ވަޒީރުކަމާއި، މާލެ ސިޓީގެ މޭޔަރުކަމުގެ އިތުރުން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސް މަގާމުތައް އަދާކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް