Advertisement
ކ. މާލެ
|
5 މެއި 2023 | ހުކުރު 07:37
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު
ރާއްޖެއެމްވީ
ވެމްކޯގެ އެމްޑީ ސަސްޕެންޑްކުރުން
ވެމްކޯގެ އެމްޑީ ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރަކުރުމުގެ މައްސަލައެއްގައެއް ނޫން: ޕީސީބީ
ސިރާޖް ވަނީ މުސާރައާއި އިނާޔަތްތަކާއެކު ދެ ހަފްތާގެ މުއްދަތަކަށް މަސްއޫލިއްޔަތު ތަކުން އެކަހެރި ކުރެވިފައި
ބަލަމުންދާ މައްސަލައިގެ އެއްވެސް ތަފްސީލެއް ޕީސީބީން ދީފައެއް ނުވޭ

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އޭނާއާ މެދު ފިޔަވަޅު އެޅީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ނޫން ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.

ސިރާޒް ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ ތަހުގީގަކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތަށް ކަމަށް ސޯޝަލް މީޑިއާގައި ޚަބަރު ފެތުރުނު އިރު ބައެއް މީޑިއާތަކުން ވެސް އެގޮތަށް ރިޕޯޓްކުރިއެވެ.

ނަމަވެސް ޕީސީބީން ނެރުނު ބަޔާނުގައި ބުނީ ސިރާޖާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަމުން ނުގެންދާ ކަމަށާއި އޭނާއާ މެދު އެފަދަ ތުހުމަތެއް ވެސް ނެތް ކަމަށެވެ.

Advertisement

ޕީސީބީގެ ބަޔާނުގައި ބުނީ މަގާމުގެ ޒިންމާތަކުން ސިރާޖް އެކަހެރި ކުރީ ގަވަނަންސާ ގުޅޭ މެނޭޖްމަންޓް މައްސަލައެއްގައި ކަމަށެވެ. ނަމަވެސް ބަލަމުންދާ މި މައްސަލައިގެ އެއްވެސް ތަފްސީލެއް ޕީސީބީން ދީފައެއް ނުވެއެވެ.

"ވެމްކޯ ބޯޑް މެދުވެރިކޮށް މި ބޯޑުން ބަލަމުން ދަނީ ގަވަނަންސާ ގުޅޭ މެނޭޖްމަންޓް މައްސަލަ އެކެވެ. އެހެންކަމުން މެނޭޖިން ޑިރެކްޓަރު ތަނާޒުލުކުރުވައި މި މައްސަަލަ ބެލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މިބޯޑުން ނިންމާފައި ވާތީވެ، މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވަނީ މުސާރައާއި އިނާޔަތްތަކާއެކު ދެ ހަފްތާގެ މުއްދަތަކަށް މަސްއޫލިއްޔަތު ތަކުން އެކަހެރި ކުރެވިފައެވެ." ޕީސީބީގެ ބަޔާނުގައި ބުނެފައިވެއެވެ.

ސިރާޖް ސަސްޕެންޑް ކުރުމާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ރިޕޯޓްކުރިއިރު، އެއީ ޕީސީބީގެ ބަޔާނެއްގައި ބުނި ވާހަކަތަކެއް ކަމަށް ބުނެފައިވާތީ ޕީސީބީގެ ބަޔާނުގައި އެކަން ވަނީ ދޮގުކޮށްފައެވެ. އެ ބޯޑުން ބުނީ މި ބަޔާނުގެ ކުރިން އެ މައްސަލައާ ގުޅޭ އެއްވެސް ބަޔާނެއް ނެރެފައި ނުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް