Advertisement
ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 23:33
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ ޕީޕީއެމްގެ އިންތިޚާބީ ރައީސް، މައުމޫން ޢަބްދުލްޤައްޔޫމް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ ޕީޕީއެމްގެ އިންތިޚާބީ ރައީސް، މައުމޫން ޢަބްދުލްޤައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫން
ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވީ އާއިލީ ދަތުރުފުޅެއްގައި
އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ގެންދަވަނީ މުހިއްމު ރޯލެއް ކުޅުއްވަމުން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ ޕީޕީއެމްގެ އިންތިޚާބީ ރައީސް، މައުމޫން ޢަބްދުލްޤައްޔޫމް ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންފައި މިވަނީ، އެންޓި ކޮރަޕްޗަން ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް ބޭނުންވެގެން އެކަމަށް އެދިފައިވަނިކޮށެވެ.

މި ދަތުރުފުޅާއި ގުޅިގެން އެ ބާޔާން ދެއްވުން ފަހުގެ ތާރީޚަކަށް ލަސްކުރެއްވުމާއި ގުޅޭގޮތުން، ރައީސް މައުމޫން، އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ ރައީސް ހަސަން ލުތުފީއަށް ފޮނުއްވާފައިވާ ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ، މުހިންމު އާއިލީ ބޭނުމެއްގައި ޖުލައި 8 ގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ގަސްދުކުރައްވާތީވެ، އެ ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ކޮމިޝަނުން ނިންމަވާ ގޮތެއްގެ މަތިން ކޮމިޝަނަށް ބަޔާން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެ ދަތުރުފުޅުގައި ގާތްގަނޑަކަށް 10 ދުވަހު ޤައުމުން ބޭރުގައި ހުންނަވަންޖެހޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.

އޭސީސީން އަންގާ ގޮތެއްގެ މަތިން ބަޔާން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް މައުމޫނު ވިދާޅުވިއިރު، ރައީސް މައުމޫނު މީގެ ކުރިން ވަނީ އޭސީސީއަށް ވަޑައިގެން ބަޔާން ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭސީސީން ބުނެފައިވަނީ ރައީސް މައުމޫނު އޭސީސީއަށް ވަޑައިގެންނެވުމަކީ އެ ކޮމިޝަންގެ އުސޫލާ ހިލާފު ކަމަކަށް ވާތީ، ރައީސް މައުމޫނުގެ ބަޔާން ނަގާނެ ގޮތެއް ކޮމިޝަންގައި މަޝްވަރާކުރުމަށް ފަހުގައި ނިންމާނެ ކަމަށެވެ. ކޮމިޝަނުން މިކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ނުދެއެވެ.

އޭސީސީން ރައީސް މައުމޫނުގެ ބަޔާނެއް ނެގުމަށް މަސައްކަތްކުރަނީ ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރު އޮޑިޓް ރިޕޯޓާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް