Advertisement
ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 18:44
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ހުޅުމާލެގައި
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ހުޅުމާލެގައި
ފޭސްބުކް
ޓައިނީ ހާޓްސް
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ނިމިއްޖެ
މެޑިކަލް ކޭމްޕް ބާއްވަމުން އަންނަތާ 9 އަހަރު ވެއްޖެ

 

ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ނިމިއްޖެއެވެ.

މެޑިކަލް ކޭމްޕް ފަށައިފައިވަނީ ޖުލައި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާ ހަމައަށެވެ. މި ކޭމްޕް ކުރިއަށްދިޔައީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.

ކުޑަކުދިންގެ ހިތުގެ ބަލީގެ ހާއްސަ ދެ ޑޮކްޓަރަކު ވަނީ ރައްޖޭއިން ބޭރުން މި މެޑިކަލް ކޭމްޕަށް ގެނެވިފަ އެވެ.

ޓައިނީ ހާޓްސްގެ ޗެއަރޕަސަން ފިއުނާޒު ވަޙީދު ވިދާޅުވީ 147 ކުދިން ޑޮކްޓަރަށް ދައްކައިފައިވާ ކަމަށާއި މާބަނޑު އަންހެނުންގެ 6 މީހުން ފީޓަލް ސްކްރީނިން މި ކޭމްފްގައި ހަދާފައިވާ ކަމަށެވެ.

"މި ކޭމްޕްގެ މަޤްސަދަކަށްވަނީ ގިނަ އަދަދެއްގެ ކުދިން އަތޮޅު ތެރޭގައި ދިރިއުޅޭތީ މިފަދަ ކުދިންނަށް ތަންކޮޅެއް އަވަހަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތުތައް ތަނަވަސްކޮށްދީ އަވަސް ރަގަޅު އެކަށީގެންވާ ފަރުވާއެއް އެކަށީގެންވާ ފަރުވާއެއް ހޯދުމަށް ފުރުސަތު ހުޅުވާލުން" ފިއުނާޒު ވިދާޅުވިއެވެ.

ޓައިނީ ހާޓްސުން މި މެޑިކަލް ކޭމްޕް ބާއްވަމުން އަންނަތާ 9 އަހަރުވެފައިވާ ކަމަށާއި ޑޮކްޓަރަށް ދައްކާ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް ފިއުނާޒު ވިދާޅުވިއެވެ.

މި މެޑިކަލް ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމަށްޓަކައި ރާއްޖޭގެ ގިނަ އަތޮޅުތަކުން  ކުދިން ވަނީ އައިސްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް