Advertisement
ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 18:38
އަމީން އިބްރާހީމް: މޭޑޭއަށް ފަހު އުޅުއްވަނީ އިނގިރޭސިވިލާތުގައި
އަމީން އިބްރާހީމް: މޭޑޭއަށް ފަހު އުޅުއްވަނީ އިނގިރޭސިވިލާތުގައި
ވީނިއުސް
އަމީން އިބްރާހީމް
ސިފައިންނާއި ޖުޑިޝަރީ މެދުވެރިކޮށް މަސީހު އިތުބާރުގެ ވޯޓް ގަޑުބަޑު ކޮށްފިނަމަ އެހެދެނީ މާބޮޑު ގޯހެއް:އަމީން
އޭރުން ރައީސް ޔާމީން ކަރަށް މެހިފައިވާ މަޅި އެބާރު ކުރެވުނީ

ސިފައިންނާއި ޖުޑިޝަރީ މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ ވޯޓް ގަޑުބަޑު ކޮށްފިނަމަ އެހެދެނީ މާބޮޑު ގޯހެއް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސިޔާސީ ފިއްތުންތަކާހުރެ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ އަމީން މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ޔާމިން ސަރުކާރުގެ  މިނިސްޓަރކަން ކުރައްވާފައިވާ އަމީންގެ ޓްވީޓުގައި ވިދާޅުވެފައިވަނީ "ސިފައިންނާއި ޖުޑިޝަރީ މެދުވެރިކޮށް މަސީހް އިތުބާރުގެ ވޯޓް ގަޑުބަޑުކޮށްފިނަމަ އެހެދުނީ މާބޮޑު ގޯހެއް" ކަމަށެވެ. އަދި ރައީސް ޔާމީން ކަރަށް މެހިފައިވާ މަޅި ބާރު ކުރެވުނީ ކަމަށްވެސް އަމީންގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

އަމީން މިހެން ވިދާޅުވެފައި މިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ސިޔާމާއި ބަންޑާރަނައިބު މުހައްމަދު އަނިލް ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓަށް ވަޑައިގެންފައިވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.

އިތުބާރުހުރި މަސްދަރުތަކުން ބުނި ގޮތުގައި ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި، ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ 10:30 ހާއިރު އެވެ. ނަމަވެސް، އެ ބޭފުޅުން ނުކުމެވަޑައިގެންނެވި ވަގުތެއް މައުލޫމާތު ހިއްސާކުރި ފަރާތަށް ނޭނގެ އެވެ.

އެ ދެ ބޭފުޅުން ވެންނެވި މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި ބަންޑާރަ ނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވަދެވަޑައިގެންފައިވަނީ ސުޕްރީމް ކޯޓުގެ މައި ދޮރާށިންނެވެ. ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ވަދެވަޑައިގެންފައިވަނީ މާރުކޭޓާއި ދިމާލަށް ހުންނަ ހައި ކޯޓުން ބޭނުންކުރާ ދޮރާއްޓަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 ޖުލައި 2017 | ހޮނިހިރު 19:55
ބަގަ
އަމީނޫ އެމީހުން އެތަނަށް ވަނިއްޔާ ކަލެއަށް ކޮންކަމެއް. އެމީޙުން ވަގަށް ވަންނަށް ބޭނުންނަމަ ވަގަށްވެސް ވަދެވޭނެ. ކަލޭހީކުރީ އެމީހުންވަނީ ވަގަށްކަމަށްތަ؟ ކަލޭއަށް ވަރަށް އަސަރުކޮށްފިދޯ އެމީހުން އެތަނަށް ވަނީމަ. ކަލެއަކަށް ނެތެއްނު ވަދެވޭކަށް. ކަމުނުދާ ގައުމުން ލިބޭ ހުރިހާ ފައިސާއެއް ގެންގޮސްގެން ދޮންމީހުނަށް ވިއްކާ ހުސްކުރަނީއެއްނު. ކިހާބޮޑު އުނދަގުލެއް ރާއްޖެއަށް މިއޮތީ ޖެހިފަ