ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ''ރަންތާޖު ޤުރުއާން'' މުބާރާތުގެ އެއްވަނަ ނ.ހޮޅުދޫއަށް ނިސްބަތްވާ މުހައްމަދު ސާއީ މުބާރިކް ހޯދައިފިއެވެ.
ފަޚުރުވެރި އެއްވަނައަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ. އަދި އެމަނިކުފާނު ވަނީ ސޭޝް އަދި ރަންތާޖު ވެސް އަޅުއްވައި ދެއްވާފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/05b7393e-c85e-408c-85d1-9e7bbffe3bf3.png)
މި މުބާރާތުގެ އެއްވަނަ ނ.ހޮޅުދޫއަށް ނިސްބަތްވާ މުހައްމަދު ސާއީ މުބާރިކް ހާސިލްކޮށްފައިވާއިރު، 2 ވަނަ ހާސިލްކޮށްފައިވަނީ މާލެ ސިޓީ، ފާތިމަތު ތުގާ ހަލީމެވެ. އަދި 3 ވަނަ ހާސިލްކޮށްފައިވަނީ މާލެ ސިޓީ, ޔައީޝް މުހައްމަދު ނިޔާޒެވެ. އަދި 4 ވަނަ ހއ. ހޯރަފުށި, އަހުމަދު ސުޖާއު ހާސިލްކޮށްފައިވާއިރު، 5 ވަނަ ހާސިލްކޮށްފައިވަނީ ބ.އޭދެފުށި, މުހައްމަދު މުސްތަފާ އެވެ.
![](https://dyncz33htw1ec.cloudfront.net/posts/2e764679-2e61-441d-b18b-7b8174237f50.png)
1072.50 މާކްސްއާއެކު އެއްވަނަ ހާސިލްކުރި މުހައްމަދު ސާއީ މުބާރިކްއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ފިލާ އާއި ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުންގެ ފަރާތުން ދެއްވާ ޚާއްސަ އިނާމު ވަނީ ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން މި މުބާރާތުގެ އެއްވަނައަށް ލިބޭ ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމު ވެސް ވަނީ ހަވާލުކޮށްދެއްވާފައެވެ. މި އިނާމުތަކުގެ އިތުރުން މުބާރާތުގެ އެއްވަނަ ހޯދި ސާއީއަށް މުހައްމަދު އަލީ ޖަނާހްގެ ފަރާތުންދޭ ހައްޖު ދަތުރާއި ފަރީ އަސްކޮއެ ހައްޖު އެންޑް އުމްރާ ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންދޭ އުމްރާ ދަތުރާއި ވިލާ ކޮލެޖްގެ ފަރާތުންދޭ ފުލް-ފަންޑަޑް ޑިގްރީ ސްކޮލަރޝިޕާއި އެސްޓީއޯގެ ފަރާތުންދޭ 43 އިންޗީގެ ޓީވީއާއި ރެޑްވޭވްގެ ފަރާތުންދޭ 55 އިންޗީގެ ނިކާއީ ޓީވީ އާއި ފްލޭމް ލިލީގެ ފަރާތުންދޭ ގިފްޓް ހެމްޕާ އާއި ޕޮއިސްގެ ފަރާތުންދޭ ތިންހާސް ރުފިޔާގެ ގިފްޓް ވައުޗަރާއި ޕްރޮކްސީގެ ފަރާތުންދޭ ކާޕެޓާއި މެކްސްކޮމްގެ ފަރާތުންދޭ ލެޕްޓޮޕާއި ކުރުނބާ މޯލްޑިވްސްގެ ފަރާތުންދޭ ދެދުވަހުގެ ހުރުމާއި ކެއުން އަދި ބެސްޓްބައިގެ ފަރާތުން ގިފްޓް ހެމްޕާގެ އިނާމް ވެސް ވަނީ ހަވާލުކޮށްދެއްވާފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/f1119d85-4991-4a94-b4d4-86a668390165.png)
ދެވަނަ ހާސިލްކުރި މާލެ ސިޓީ ފާތިމަތު ތުގާ ހަލީމްއަށް ލިބިފައިވަނީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ފަރީ އަސްކޮއެ ހައްޖު އެންޑް އުމްރާ ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންދޭ އުމްރާ ދަތުރާއި ވިލާ ކޮލެޖްގެ ފަރާތުންދޭ ސެޓްފިކްޓް-3 ޕްރޮގްރާމް ކިޔެވުމުގެ ފުރުސަތާއި ފްލޭމް ލިލީގެ ފަރާތުންދޭ ގިފްޓް ހެމްޕާއާއި ޕޮއިސްގެ ފަރާތުންދޭ ދެހާސް ރުފިޔާގެ ގިފްޓް ވައުޗަރާއި ޕްރޮކްސީގެ ފަރާތުންދޭ ކާޕެޓާއި މެކްސްކޮމްގެ ފަރާތުންދޭ ކޮންޕިއުޓަރ ސިސްޓަމަކާއި ރެޕިއުޓްގެ ފަރާތުންދޭ ގިފްޓް ހެމްޕާއާއި ބެސްޓްބައިގެ ފަރާތުންދޭ ގިފްޓް ހެމްޕާއާއި އެސްޓީއޯގެ ފަރާތުންދޭ އަވަނަކާއި މިފްކޯގެ ފަރާތުންދޭ ގިފްޓް ހެމްޕާ އަދި ރެޑްވޭވްގެ ފަރާތުންދޭ 55 އިންޗީގެ ނިކާއީ ޓީވީއެކެވެ.
ތުގާއަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
![](https://dyncz33htw1ec.cloudfront.net/posts/724f26ae-5a35-43c6-8e01-1ddc92464d8b.png)
މީގެ އިތުރުން 918.50 މާކްސްއާއެކު 3 ވަނަ ހާސިލްކުރި މާލެ ސިޓީ, ޔައީޝް މުހައްމަދު ނިޔާޒަށް ލިބިފައިވާ އިނާމުތަކަކީ 75،000 ރުފިޔާގެ ފައިސާގެ އިނާމާއި ފަރީ އަސްކޮއެ ހައްޖު އެންޑް އުމްރާ ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންދޭ އުމްރާ ދަތުރާއި ވިލާ ކޮލެޖްގެ ފަރާތުން ސެޓްފިކްޓް-3 ޕްރޮގްރާމް ކިޔެވުމުގެ ފުރުސަތާއި ފްލޭމް ލިލީގެ ފަރާތުންދޭ ގިފްޓް ހެމްޕާއާއި ޕޮއިސްގެ ފަރާތުންދޭ ދެހާސް ރުފިޔާގެ ގިފްޓް ވައުޗަރާއި ޕްރޮކްސީގެ ފަރާތުންދޭ ކާޕެޓާއި މެކްސްކޮމްގެ ފަރާތުންދޭ ޕްރިންޓަރާއި ރެޕިއުޓްގެ ފަރާތުންދޭ ގިފްޓް ހެމްޕާއާއި ބެސްޓްބައިގެ ފަރާތުންދޭ ގިފްޓް ހެމްޕާއާއި އެސްޓީއޯގެ ފަރާތުންދޭ އެއަރ ފްރައިޔަރާއި މިފްކޯގެ ފަރާތުންދޭ ގިފްޓް ހެމްޕާ އަދި ރެޑްވޭވްގެ ފަރާތުންދޭ 55 އިންޗީގެ ނިކާއީ ޓީވީއެކެވެ.
ޔައީޝްއަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމެވެ.
![](https://dyncz33htw1ec.cloudfront.net/posts/1c58b187-a722-4972-9f15-82996b0163ba.png)
863.42 މާކްސްއިން 4 ވަނަ ހާސިލްކުރި ހއ. ހޯރަފުށި, އަހުމަދު ސުޖާއު އަށް ލިބިފައިވާ އިނާމުތަކަކީ އާބަންކޯގެ ފަރާތުންދޭ އުމްރާ ދަތުރާއި ފްލޭމް ލިލީގެ ފަރާތުންދޭ ގިފްޓް ހެމްޕާއާއި ޕޮއިސްގެ ފަރާތުންދޭ ގިފްޓް ހެމްޕާއާއި ޕްރޮކްސީ ހޯމްގެ ފަރާތުންދޭ ކާޕެޓާއި މެކްސްކޮމްގެ ފަރާތުންދޭ ސްމާޓް ފޯނާއި ރެޕިއުޓްގެ ފަރާތުންދޭ ގިފްޓް ހެމްޕާއާއި ބެސްޓްބައިގެ ފަރާތުންދޭ ގިފްޓް ހެމްޕާއާއި އެސްޓީއޯގެ ފަރާތުންދޭ ބްލެންޑާ އަދި މިފްކޯގެ ގިފްޓް ހެމްޕާ އެވެ.
ސުޖާއުއަށް އިނާމުތައް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.
އަދި 787 މާކްސްއިން 5 ވަނަ ހާސިލްކުރި ބ.އޭދެފުށި, މުހައްމަދު މުސްތަފާއަށް ލިބިފައިވާ އިނާމުތަކަކީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންދޭ އުމްރާ ދަތުރާއި ފްލޭމް ލިލީގެ ފަރާތުންދޭ ގިފްޓް ހެމްޕާއާއި ޕޮއިސްގެ ފަރާތުންދޭ ގިފްޓް ހެމްޕާއާއި ޕްރޮކްސީ ހޯމްގެ ފަރާތުންދޭ ކާޕެޓާއި މެކްސްކޮމްގެ ފަރާތުންދޭ ސްމާޓް ވޮޗްއާއި ރެޕިއުޓްގެ ފަރާތުންދޭ ގިފްޓް ހެމްޕާއާއި ބެސްޓްބައިގެ ފަރާތުންދޭ ގިފްޓް ހެމްޕާ އަދި އެސްޓީއޯގެ ފަރާތުންދޭ މައިކްރޯވޭވް އެވެ.
މުސްތަފާއަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަދި ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސަލީމެވެ.
![](https://dyncz33htw1ec.cloudfront.net/posts/cf4987df-79fd-47cd-8943-fcebf05aa6e8.png)
މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.