ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 13:31
އެމްއެމްއޭ
އެމްއެމްއޭ
ގޫގުލް
އެމްއެމްއޭ މުވައްޒަފުން
އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި
ގެދޮރު އަދި ފްލެޓް ގަތުމުގެ ފުރުސަތު ލިބޭނެ
ލޯނަށް ކުރިމަތިލެވޭނީ ފަސް އަަހަރު އެމްއެމްއޭ ވަޒީފައިގައި އުޅޭ ފަރާތްތަކަށް
ގަވައިދު އާއްމުކުރާ ދުވަހުން ފެށިގެން އަމަލުކުރެވޭނެ

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ) ގެ މުވައްޒަފުންނަށް ގެދޮރު ގަތުމަށާއި ފްލެޓް ގަނެވޭނެ ގޮތަށް އެކުލަވާލާފައިވާ ލޯނު ދިނުމުގެ ގަވައިދު އާންމުކޮށްފި އެވެ.

މި ގަވައިދުގެ ދަށުން ގެއެއް އަދި ފްލެޓެއް ގަތުމުގެ އިތުރަށް ވެސް ލޯނު ދެވޭނެ ގިނަ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ. އެގޮތުން މުވައްޒަފު ނުވަތަ މުވައްޒަފުގެ އާއިލާއާ އެކު މުވައްޒަފު ދިރިއުޅުމުގެ ބޭނުމަށްޓަކައި ތަނެއް އިމާރާތްކުރުމަށް ނުވަތަ ދިރިއުޅޭ ތަނެއް މަރާމާތުކުރުމަށް ލޯނު ލިބިގެންދާ އިރު މުވައްޒަފު ނުވަތަ މުވައްޒަފުގެ ދަރިއަކު މަތީ ތައުލީމު ހާސިލުކުރުމަށް ވެސް ލޯނު ލިބިގެންދެ އެވެ. މީގެ އިތުރުން މިދެކަމުގެ އިތުރަށް ވެސް ވަގުތާއި ހާލަތަށް ބެލުމަށްފަހު ލޯނު ދިނުމަށް އެދެވިގެންވާ ކަމެއް ކަމަށް ގަވަރުނަރަށް ފެނިއްޖެ ނަމަ ވެސް ލޯނު ދެވޭނެ ކަމަށް އެމްއެމްއޭ އިން ހާމަކުރެ އެވެ.

މިގޮތަށް މުވައްޒަފުންނަށް ދޫކުރާ ލޯނުގެ އަދަދު އެ އޮތޯރިޓީގެ މެނޭޖްމެންޓުން ކަނޑައަޅާއިރު ލޯނުގެ ފުރުސަތައް އެ އޮތޯރިޓީގެ މުވައްޒަފުންނަށް އެނގޭނެހެން އިއުލާނުކުރެވިގެންދާނެ އެވެ.

ލޯނަށް އެދި މުވައްޒަފުން ފޯމު ހުށަހެޅުމުގައި ވެސް އަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލު މި ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން ފޯމާއެކީ ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅަންޖެހޭނެ ކަަމަށް މި ގަވައިދުގައި ވަނީ ހާމަކޮށްފަ އެެވެ.

މިފަދަ ލޯނަކަށް ހުށަހެޅޭނީ އެމްއެމްއޭގެ ދައިމީ ވަޒީފާއެއްގައި އުޅޭ މުވައްފަކަށެވެ. އަދި އެމްއެމްއޭގައި ވަޒީފާ އަދާކުރާތާ ފަސް އަހަރުވެފައިވާ މީހަކަށް ވުމުގެ އިތުރަށް ގަންނަން ބޭނުންވާ ގެއެއް ނުވަތަ ފްލެޓެއް ގަނެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ މީހުންނަށެވެ.

މީގެ އިތުރުން މުވައްޒަފުގެ ނަމުގައި 600 އަކަފޫޓް ނުވަތަ އެއަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް މާލޭގައި އޮތް މީހަކަށް އެމްއެމްއޭއިން ލޯނު ލިބުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ.

މުވައްފަނުންނަށް މަހުން މަހަށް ލިބޭ މުސާރައަކީ އެދިފައިވާ ލޯނަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު އުނިކުރެވޭނެ މިންވަރުގެ މުސާރައެއް ކަމުގައިވާންޖެހޭ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ގަވައިދުގައި ބުނެފައިވެ އެެވެ.

- ކޮމެންޓް