Advertisement
ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 00:01
އިންޑިއާގެ ޑިފެންސް މިނިސްޓަރ
އިންޑިއާގެ ޑިފެންސް މިނިސްޓަރ
ގޫގުލް
ރާއްޖެ - އިންޑިއާ
އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާއްޖެ ވަޑައިގަންނަވަނީ
މި ދަތުރުގެ އެއްވެސް ތަފްސީލެއް ކަމާއި ބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރައްވާ

އަވަށްޓެެރި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ދަތުރުފުޅު ކުރުމަށް ހަމަޖެހިފައި ވަނީ 3 ދުވަހުގެ މުއްދަތަކަށެވެ. އެ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި ގުޅޭގޮތުން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ރިޕޯޓްތައް ބުނާގޮތުން މި ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ޑިފެންސް މިނިސްޓަރ މާރިޔާ މާރިޔާ ދީދީ އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

މި ދަތުރުފުޅަކީ ދިފާއީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ މަގްސަދުގައިކުރައްވާ ދަތުރުފުޅެއް ކަަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

މި ދަތުރުގެ އެއްވެސް ތަފްސީލެއް ކަމާއި ބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް