Advertisement
ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 08:35
ރަންތާޖު ގުރުއާން މުބާރާތުގެ 6 ވަނަ ޝޯއިން ވަކިވި ދެ ބައިވެރިން
ރަންތާޖު ގުރުއާން މުބާރާތުގެ 6 ވަނަ ޝޯއިން ވަކިވި ދެ ބައިވެރިން
ރާއްޖެއެމްވީ
ރަންތާޖު ގުރުއާން މުބާރާތް
ރަންތާޖު ގުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް 3 ލައްކަ ރުފިޔާ ލިބޭނެ

ރަންތާޖު ގުރުއާން މުބާރާތުގެ ފަސްވަނަ ބުރުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފިއެވެ.

މިއީ 28 އެޕްރިލް ވީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން މި މުބާރާތުގެ ހަވަނަ ޝޯއާއި ފަސްވަނަ އެލިމިނޭޝަނެވެ. މިރޭގެ އެލިމިނޭޝަން ރައުންޑުގައި 7 ބައިވެރިންގެ ތެރެއިން ދެ ބައިވެރިއަކު މުބާރާތަށް ވަނީ އަލްވަދާއު ކިޔާފައެވެ.

Advertisement

މުބާރާތުގެ ފަސްވަނަ ބުރުން މުބާރާތަށް އަލްވަދާއު ކިޔާފައިވަނީ، މުބާރާތުގެ ހަތްވަނަ ބައިވެރިއެއްގެގޮތުގައި ހޮވުނު މަރިޔަމް ޒަހުވާ އާދިލާއި ހަވަނަ ބައިވެރިއަކަށް ހޮވުނު އަބްދުﷲ ތާލިބުއެވެ.

މުބާރާތުން ވަކިވި ޒަހުވާ ބުނީ؛ އެންމެ ފަހުން ކިޔެވި ބުރުގައި ހިފުޒު ބަޔާމެދު ހިތްހަމަނުޖެހޭކަމަށެވެ. ތައްޔާރުވެވުނު ވަރާ ބަލާފައި މިބާރާތުގައި ކިޔެވުނު ގޮތާމެދު ހިތްހަމަނުޖެހޭ ކަމަށް ޒަހުވާ ބުންޏެވެ.

ރަންތާޖު ގުރުއާން މުބާރާތުގެ ތެރެއިން - ރާއްޖެއެމްވީ

ތާލިބުވެސް ބުނީ ތައްޔާރުވި ވަރާ ބަލާއިރު ކިޔެވުނު ގޮތާމެދު ހިތްހަމަނުޖެހޭކަމަށެވެ.

ރަންތާޖު ގުރުއާން މުބާރާތް - ރާއްޖެއެމްވީ

6 އެޕިސޯޑަށް ކުރިއަށްގެންދާ މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް 3 ލައްކަ ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 75000 ރުފިޔާ ލިބޭނެއެވެ.

މުބާރާތުގެ ބައިވެރިންނަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެލިމިނޭޓްވެގެންދާ ފަރާތްތަކަށްވެސް ގިނަ އިނާމުތަކެއް ލިބެއެވެ.

މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް