Advertisement
ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 08:31
ރަންތާޖު ގުރުއާން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފަސް ބައިވެރިން
ރަންތާޖު ގުރުއާން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފަސް ބައިވެރިން
ރާއްޖެއެމްވީ
ރަންތާޖު ގުރުއާން މުބާރާތް
ރަންތާޖު ގުރުއާން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފަސް ބައިވެރިން އިއުލާންކޮށްފި
ރާއްޖެ ޓީވީއާއި ޔޫތު މިނިސްޓްރީ، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށްގެންދަނީ 6 އެޕިސޯޑަށް ބަހާލައިގެން
އާދިއްތަ ދުވަހުގެ ރޭ މުބާރާތުގެ ފަހު ޝޯ އޮންނާނެ

އިސްލާމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ, އަދި ރާއްޖެ ޓީވީ ގުޅިގެން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ރަންތާޖު" ގުރުއާން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފަސް ބައިވެރިން އިއުލާންކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ އޮތް މުބާރާތުގެ ހަވަނަ އެޕިސޯޑުގައި، މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރާ ބައިވެރިންގެ ގޮތުގައި އިއުލާންކޮށްފައި ވަނީ

1) މުހައްމަދު ސާއީ މުބާރިކް، ނ. ހޮޅުދޫ

2) ޔައީޝް މުހައްމަދު ނިޔާޒް، މާލެ

Advertisement

3) ފާތިމަތު ތުގާ ހަލީމް، މާލެ

4) މުހައްމަދު މުސްތަފާ، ބ. އޭދަފުށި

5) އަހުމަދު ސުޖާއު، ހއ. ހޯރަފުށި

ރަންތާޖު ގުރުއާން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފާތިމަތު ތުގާ ހަލީމް - ރާއްޖެއެމްވީ

މުބާރާތުގެ ބައިވެރިން ވަނީ މިހާ ހިސާބަށް އާދެވެމުން އެކަމާ އުފާކުރާ ކަމަށް ބުނެފައެވެ. އަދި މުބާރާތުގެ ތެރެއިން ވަރަށް ގިނަ ކަންކަން ދަސްވިކަމަށް ބައިވެރިން ބުނެފައިވެއެވެ.

ރަންތާޖު ގުރުއާން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ޔައީޝް މުހައްމަދު ނިޔާޒް - ރާއްޖެއެމްވީ
ރަންތާޖު ގުރުއާން މުބާރާތުގެ ފައިނަލަށް ދަތުރުކުރި މުހައްމަދު ސާއީ މުބާރިކް - ރާއްޖެއެމްވީ

މުބާރާތުގެ ފަސް ވަނަ ބުރުން މުބާރާތަށް އަލްވަދާއު ކިޔާފައިވަނީ މުބާރާތުގެ ހަތްވަނަ ބައިވެރިއެއްގެގޮތުގައި ހޮވުނު މަރިޔަމް ޒަހުވާ އާދިލާއި ހަވަނަ ބައިވެރިއަކަށް ހޮވުނު އަބްދުﷲ ތާލިބުއެވެ.

ރަންތާޖު ގުރުއާން މުބާރާތުގެ ފައިނަލަށް ދަތުރުކުރި މުހައްމަދު މުސްތަފާ - ރާއްޖެއެމްވީ
ރަންތާޖު ގުރުއާން މުބާރާތުގެ ފައިނަލަށް ދަތުރުކުރި އަހުމަދު ސުޖާއު - ރާއްޖެއެމްވީ

ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި ރާއްޖެ ޓީވީން ގެނެސްދިން މި މުބާރާތަކީ، އަގުހުރި އިނާމްތަކަކާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް 3 ލައްކަ ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 75000 ރުފިޔާ ލިބޭނެއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ 6 އެޕިސޯޑަށް ބަހާލައިގެންނެވެ.

މުބާރާތް ކާމިޔާބުކުރާ ބައިވެރިއަކު އެނގިގެންދާނީ މި މަހުގެ 30ވާ އާދިއްތަ ދުވަހުގެ ރޭ އޮންނަ ފައިނަލް ޝޯއިންނެވެ. މި ޝޯ އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 8:30ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް