Advertisement
ކ. މާލެ
|
27 އޭޕްރިލް 2023 | ބުރާސްފަތި 19:08
ޝެފް މަހާ
ޝެފް މަހާ
ރާއްޖެއެމްވީ
ކޮންޓިނެންޓަލް ޖަޖަކަށް ޝެފް މަހާ
ޝެފް މަހާ - ކޮންޓިނެންޓަލް ޖަޖަކަށް ވެއްޖެ
ވެކްސްއިން ކޮންޓިނެންޓަލް ޖަޖުގެ ލަގަބު މިހާތަނަށް ދީފައިވަނީ 5 ދިވެހިީންނަށް
މަހާ ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގުވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައި

ބައިނަލްއަގުވާމީ ޝެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭސަން އޮފް ޝެފްސް ސޮސައިޓީ (ވެކްސް)އިން، ޝެފް މަހާ ނަސީރު ކޮންޓިނެޓަލް ޖަޖަކަށް ސެޓިފައިކޮށްފިއެވެ.

ވެކްސްއިން މަހާ ކޮންޓިނެޓަލް ޖަޖްއަކަށް ސެޓިފައިކޮށްފައި ވަނީ ކަލިނަރީ ދާއިރާގެ ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ޕްރޮގްރާމުތަކެއް ފުރިހަމަކުރުމުންނެވެ. ވެކްސްއިން ކޮންޓިނެންޓަލް ޖަޖުގެ ލަގަބު މިހާތަނަށް ދީފައިވަނީ 5 ދިވެހީންނަށެވެ.

Advertisement

މަހާއަކީ މިހާރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި މަހާ ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގުވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައެވެ.

މަހާއަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކެވެ. އަދި ރާއްޖެއިން މާސްޓަރ ޝެފުގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް