ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 08:46
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު
ރައީސް އޮފީސް
މާލޭގެ ކަރަންޓުގެ ޚިދުމަތް
މާލޭގައި ޓްރާންސްފޯމަރު ބެހެއްޓުމަށް ސިޓީ ކައުންސިލާއި މަޝްވަރާ ކުރެވޭ، އުންމީދު ބޮޑު - ޝަރީފް
ޓްރާންސްފޯމަރު ބަހައްޓަނީ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން
ޓްރާންސްފޯމަރ ބަހައްޓަ ތަންތަނުގެ ތެރޭގައި ހިމެނެނީ ގާކޮށި، ސިނަމާލޭ 2 ހިމެނޭ
ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ ޚިދުމަތް ދިނުމަށް އުނދަނގޫ ވާނެކަމަށް ސްޓެލްކޯ އިން ބުނޭ

މާލޭގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އާ ޓްރާންސްފޯމަރުތައް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިން ހޯދުމަށް ސިޓީ ކައުންސިލާއެކު މަޝްވަރާކުރަމުންދާ ކަމަށާއި އެ ބިންތައް ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ސްޓޭޓް އެލެކްޓްރިން ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ބިން ނުދޭތީ މާލޭގެ ތިން ސަރަހައްދަކުން ކަރަންޓް ކެނޑިދާނެކަމުގެ ބިރު އެބައޮތް ކަމަށް މީގެ ކުރިން ވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. މި ކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ހޯމަ ދުވަހު ކަރަންޓުގެ ލޯޑު ބޮޑުވެ މާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓް ކެނޑުނު ކަމަށާއި، ކަރަންޓް ކެނޑުނު ސަރަހައްދުތަކުގެ ތެރެއިން ދެ ސަރަހައްދަކީ ޓްރާންސްފޯމަރު ބަހައްޓާނެ ތަނެއް ހޯދަން އެދި، ތަނެއް ލިބިފައި ނުވާ ތަންތަން ކަމަށެވެ. ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން މާލޭ ސިޓީކައުންސިލުން ހަމަޖައްސައިދީފައި ނުވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މިހާރު ސިޓީ ކައުންސިލާއި އެކު މުއާމަލާތުތައް ކުރެވެމުންދާ ކަމަށާއި، ކުރިއަށް ވުރެ ބޮޑަށް މި މައްސަލައިގައި ކުރިއެރުންތަކެއް ލިބިފައިވާ ކަަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން ސްޓެލްކޯއިން ވަނީ އެދިފައި ކަމަށެވެ. އޭރު އެދިފައި ވަނީ ބިން ރެޖިސްޓްރީކޮށްދިނުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ފަހުން ވާހަކަދެކެވެމުން ދަނީ ޓްރާންސްފޯމަރު ބަހައްޓާނެ ތަންތަން ކުއްޔަށް ހޯދުމުގެ ވާހަކަ ކަަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ދުވަސްކޮޅެއް ދިޔަ ހިތް ނުތަނަސްވެ ވާހަކަވެސް ނުދެވި ދިޔަ. ނަމަވެސް މިހާރު މޭޔަރާއި ވެސް އެހެން ކައުންސިލަރުންނާއި ވެސް ވާހަކަ ދެކެވޭ. ދެއްކާނެ ކަަމަށް ވިދާޅުވި. އަދި ނުއެއް ދެއްވާ. އަޅުގަނޑު މިހުރީ ވަރަށް އޮޕްޓިމިސްޓިކްކޮށް. އެ މަސައްކަތް އެބަ ކުރިއަށްދޭ. އުންމީދަކީ ވަރަށް އަވަހަށް ނަތީޖާ ފެނުން
ޝަރީފް

ޓްރާންސްފޯމަރު ބަހައްޓަނީ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުންނެވެ. ޓްރާންސްފޯމަރ ބަހައްޓަ ތަންތަނުގެ ތެރޭގައި ހިމެނެނީ ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާގޮތަށް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

މީގެ ކުރިން ސަބްސްޓޭޝަން ތަކުގެ ހާލަތު ބަޔާންކޮށް، ސިޓީކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި، އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް