Advertisement
ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 07:54
ކޮތަޅުތަކުގައި ކުނި ބަންދުކޮށްފައި
ކޮތަޅުތަކުގައި ކުނި ބަންދުކޮށްފައި
އަމްނާ އިމާދު
ވެމްކޯ
ވެމްކޯގެ ބިންލައިނަރ ވިއްކަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި
ބިންލައިނަރ އިން ފީއެއް ނުނަގާނެ
ވެމްކޯއިން ބިންލައިނަރ ވިއްކަން ފަށާނީ މި ބުރާސްފަތި ދުވަހުން ފެށިގެން

ވެމްކޯއިން ފޯރުކޮށްދޭ ބިންލައިނަރ ނުވަތަ ކުނި އުކާލާ ކޮތަޅު ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަން ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ވެމްކޯއިން ވަނީ އެކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުން ރަޖިސްޓްރީވުމަށް އެދިފައެވެ. އެގޮތުން، އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށޫން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ވަނީ ފަށައިފައެވެ. މިއާއެކު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކުނި އުކާލަން ބޭނުންކުރާ ކޮތަޅު ވިއްކަން ފަށާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގި ނަމަވެސް ކުނި މެނޭޖް ކުރުމާ ގުޅޭ އިދާރާ އިން ފޯރުކޮށްދޭ ބިންލައިނަރ އިން ފީ ނެގުން އިސްތިސްނާވާނެއެވެ.

Advertisement

ވެމްކޯއިން ދެ ކުލައެއްގެ ކޮތަޅު ވިއްކާނެއެވެ. އެއީ ކަޅުކުލައާއި ފެހިކުލައިގެ، ތިން ސައިޒެއްގެ ކޮތަޅެވެ. އެއީ 17 އިންޗި، 11 އިންޗީގެ ކޮތަޅާއި 27 އިންޗި 18 އިންޗީގެ ކޮތަޅާއި 48 އިންޗި 36 އިންޗީގެ ކޮތަޅެވެ.

ކުނި އުކާލުމުގައި، ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދުކުރުމަށާއި، އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން އެދެއެވެ. އަދި ވެމްކޯއިން ތައާރަފުކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުންކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ވެމްކޯއިން ބުނީ، އެ ކޯޕަރޭޝަނުގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ކަސްޓަމަރ ފްރަންޓް އޮފީސްތަކުން، ބުރާސްފަތި ދުވަހުން ފެށިގެން ބިންލައިނަރ ލިބެން ހުންނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް