Advertisement
ކ. މާލެ
|
7 ޖުލައި 2017 | ހުކުރު 18:59
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު
ބަންޑާރަ ނައިބް މުހައްމަދު އަނިލްއާ، ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންފި
އަނިލް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަހުމަދު ޝިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަމުގެ މައުލޫމާތެއް އޭނާއަށް ލިބިފައިނުވާކަމަށް

ބަންޑާރަ ނައިބް މުހައްމަދު އަނިލާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަމުގެ ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ. 

 

އިތުބާރުހުރި މަސްދަރުތަކުން ބުނި ގޮތުގައި  ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި، ޗިފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ 10:30 ހާއިރު އެވެ. ނަމަވެސް، އެ ބޭފުޅުން ނުކުމެވަޑައިގެންނެވި ވަގުތެއް މައުލޫމާތު ހިއްސާކުރި ފަރާތަށް ނޭނގެ އެވެ.

 

އެ ދެ ބޭފުޅުން ވެންނެވި މަންޒަރު ފެނުނު މީހަކު ކިޔައިދިން ގޮތުގައި ބަންޑާރަ ނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވަދެވަޑައިގެންފައިވަނީ ސުޕްރީމް ކޯޓުގެ މައި ދޮރާށިންނެވެ.  ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ވަދެވަޑައިގެންފައިވަނީ މާރުކޭޓާއި ދިމާލަށް ހުންނަ ހައި ކޯޓުން ބޭނުންކުރާ ދޮރާޓަކުންނެވެ

 

ބަންޑާރަ ނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ސަބަބެއް ސާފުކުރުމަށް، އޭނާއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

 

މި ހަބަރާއި ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން އޭނާ ވިދާޅުވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަމުގެ މައުލޫމާތެއް އޭނާއަށް ލިބިފައިނުވާކަމަށެވެ.

 

"ސީ.ޑީ.އެފް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަށް އެނގިފައިނެތްކަން ދަންނަވަން." އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

 

ބަންޑާރަ ނައިބް މުހައްމަދު އަނިލްއާ، އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ ވަގުތު ހުރި ޕާޓީން ވަކިވިޔަސް ނުވަތަ ޕާޓީގެ ވިޕްލައިނާ ޚިލާފު ވިޔަސް މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ދިއުމަށް ނިންމާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 ޖުލައި 2017 | ހޮނިހިރު 01:06
ބަދި ގޭ
ތިޔަ ކައިވެނި ސައްޙަވާނެތަ؟ އާދޯ ސުޕްރީމް ކޯޓުން ނިންމައިފިއްޔާ އޯކޭ ވާނެތާ ދެއްތޯ ޝަހީދޫ
7 ޖުލައި 2017 | ހުކުރު 22:17
ޖާނޭ
ޑޮކްޓަރު ޝަހީދު ކަންތައް. ލަހެއް ނޫނެއްނު ! މިހާރު އެދެމީހުން އެވަނީ ކޯޓަށް . ކައިވެނި؟.