Advertisement
ކ. މާލެ
|
21 އޭޕްރިލް 2023 | ހުކުރު 21:59
ރަންތާޖު ޤުރުއާން މުބާރާތުގެ ފަސް ވަނަ ޝޯގައި ވަކިވެގެންދިޔަ ދެ ބައިވެރިން
ރަންތާޖު ޤުރުއާން މުބާރާތުގެ ފަސް ވަނަ ޝޯގައި ވަކިވެގެންދިޔަ ދެ ބައިވެރިން
ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް
ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
ހަ އެޕިސޯޑަށް ކުރިއަށްގެންދާ މި މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް ތިން ލައްކަ ރުފިޔާ ލިބޭނެ

ރަންތާޖު ޤުރުއާން މުބާރާތުގެ ހަތަރު ވަނަ ބުރުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފިއެވެ.

21 އެޕްރިލް ވީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން ރަންތާޖު ޤުރުއާން މުބާރާތުގެ ފަސް ވަނަ ޝޯއާއި ހަތަރު ވަނަ އެލިމިނޭޝަނެވެ. މިރޭގެ އެލިމިނޭޝަން ރައުންޑުގައި 9 ބައިވެރިންގެ ތެރެއިން ދެ ބައިވެރިއަކު މުބާރާތަށް ވަނީ އަލްވަދާއު ކިޔާފައެވެ.

މުބާރާތާ އަލްވަދާއު ކީ މުބާރާތުގެ 9 ވަނަ ބައިވެރިޔާ ދަހްލާން މުހައްމަދު ރިޒާ އާއި މުބާރާތުގެ 8 ވަނަ ބައިވެރިޔާ މަރިޔަމް އަރީން އީސައެވެ.

އަރީން ބުނީ މިހިސާބަށް އާދެވުމުން މާތްﷲއަށް ހަމްދު ކުރާ ކަމަށެވެ. އަދި އާއިލާގެ މެމްބަރުންނަށް އެންމެންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

Advertisement

ދަހްލާން ބުނީ އެންމެ ފަހު ޝޯގައި ކިޔެވުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އެހެންނަމަވެސް ހިފްޒު ބަޔަކަށް މަސައްކަތް ކުރިނަމަވެސް ދިޔަ ގޮތާމެދު ހިތްހަމަނެޖެހޭ ކަމަށެވެ. ދަހްލާ އިތުރަށް ބުނީ ޝޯގައި ބައިވެރިވެވުނީ މައިންބަފައިންގެ ވަރަށް ބޮޑު ޤުރުބާނީއަކާއެކު ކަމަށެވެ.

މި ދެ ބައިވެރިން ޝޯ އިން ވަކިވުމާއެކު ދެން ޝޯ ގައި ވާދަކުރާނީ 9 ބައިވެރިންނެވެ. ހަ އެޕިސޯޑަށް ކުރިއަށް މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް ތިން ލައްކަ ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް އެއް ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 75000 ރުފިޔާ ލިބޭނެއެވެ.

މުބާރާތުގެ ބައިވެރިންނަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެލިމިނޭޓްވެގެންދާ ފަރާތްތަކަށް ވެސް ގިނަ އިނާމުތަކެއް ލިބޭނެއެވެ.

މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް