ކ. މާލެ
|
21 އޭޕްރިލް 2023 | ހުކުރު 12:48
އެސްއޯއީ ކޮމެޓީގައި އެމްޑީ މުހައްމަދު މިހާދު ވާހަކަދައްކަވަނީ
އެސްއޯއީ ކޮމެޓީގައި އެމްޑީ މުހައްމަދު މިހާދު ވާހަކަދައްކަވަނީ
މަޖިލިސް
އައިލެންޑް އޭވިއޭޝަނަށް އާމްދަނީ އިތުރުކުރުން
އައިލެންޑް އޭވިއޭޝަނަށް އިތުރަށް އާމްދަނީ ހޯދުމަށް ދަނީ މަސައްކަތް ކުރަމުން: އެމްޑީ މިހާދު
މާފަރު އެއާޕޯޓުގައި ފިއުލް ޚިދުމަތް ދޭން ވަނީ ފަށާފައި
ޖެޓް ޕާކިންގސްޕޭސްގެ އިތުރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަންއަށް އިތުރަށް އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށް އެކުންފުނީގެ މެނޭޖންގ ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

17 އޭޕްރީލް 2023 ވީ ހޯމަ ދުވަހު ބޭއްވި އެސްއޯއީ ކޮމެޓީގައި މިހާދު ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ވަރަށް ބޮޑެތި ގެއްލުންތައް ކުންފުންޏަށް ލިބިފައިވާ ކަމަށާއި، މިހާރު ވެސް ހިންގަމުންދަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކު ކަމަށެވެ. މިހާދު ވިދާޅުވީ މިހާރު ކުންފުންޏަށް އާމްދަނީ ހޯދުމަށް ވަކި ޕްލޭނެއްގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ނ.މާފަރު އެއާޕޯޓުގައި ފިއުލް ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖެޓް ޕާކިންގސްޕޭސްގެ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާދު ވިދާޅުވީ ކުރިއަށް އޮތްތާގައި ޚިދުމަތްތައް ފުޅާކުރެވިގެންދާނެ ކަމަށެވެ.

ސަރުކާރާ ގުޅިގެން ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށްދޭ. މިއަހަރުގެ ނިޔަލަށް 2.8ގެ ކިލޯމީޓަރުގެ ރަންވޭއެއް އެޅިގެންދާނެ. އެރަންވޭ އެޅިގެންދިޔާމަ މާފަރު އެއާޕޯޓަށް ޑައިރެކްޓްކޮށް ކޮމާޝަލް ފްލައިޓް އައުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް. އެހެންވީމަ އެތަނުގެ ޓަރމިނަލް އެކްސްޕެންޑް ކުރުމުގެ މަސައްކަތް ވެސް އައިލެންޑް އޭވިއޭޝަންގެ މަސައްކަތް ކުރާނެ. ވަރަށް އަވަށް ފެށޭނެ. މިހާރު އެތަނަށް ޖައްސާ ޖެޓް ޕާކިންގ ސްޕޭސްގެ އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދޭ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖންގ ޑިރެކްޓަރު، މުހައްމަދު މިހާދު

އައިލެންޑް އޭވިއޭޝަންއަށް އިތުރަށް އާމްދަނީ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެކުންފުނި އުފެއްދި އިރު އެއަރޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިންގ އޭރު އެ ކުންފުންޏަށް އޮތްނަމަވެސް ފަހުން އެ ކުންފުނި އަތުން އެކަން ނެގިއެވެ. އަދި ކޮވިޑް-19އާ ގުޅިގެން އެއަރލައިންތަކުގެ މެއިންޓެނެންސް އަގު ވަނީ މަތިވެފައެވެ.

މީގެ އިތުރުން މޯލްޑިވިއަންއިން ދަތުރުކުރަންޖެހޭ އެއަރޕޯޓުތައް އިތުރުވެ، ބައެއް ދަތުރުތައް ކުރަނީ ގެއްލުމުގައި ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އެކި ޚިދުމަތްތަކުގެ އަގުމަތިވުމާއި ގުޅިގެން އަދިވެސް އެކިއެކި ސަބަބުތަކާހުރެ ކުންފުނީގެ ހިންގުމުގެ ޚަރަދު ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. އެއާއެކު މޯލްޑިވިއަންގެ ޓިކެޓްގެ އަގު ބޮޑު ކޮށްފައިވާތީ ރައްޔިތުންގެ ފާޑު ކިޔުން ވެސް އަމާޒުވެފައިވެއެވެ. މިމައްސަލައާ ގުޅިގެން މިހާދު ވިދާޅުވެފައިވަނީ ޓިކެޓް އަގު ހެޔޮކުރުމަށް ސަބްސިޑީ ބޭނުންވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
21 އޭޕްރިލް 2023 | ހުކުރު 15:57
މުހައްމަދު
ރައްޔިތުން އަތުން އިތުރު ފައިސާ ނުނަގާ ފައިދާ އިތުރުކުރަން ވާނީ. ރައްޔިތުން އަތުން ފައިސާ މަދުވީމާ ދައުލަތައް ލިބޭ އާމްދަނީ މަދުވާނެ.