Advertisement
ކ. މާލެ
|
7 ޖުލައި 2017 | ހުކުރު 17:59
މަޑުއްވަރީ ދައިރާގެ މެންބަރު އަމީތު
މަޑުއްވަރީ ދައިރާގެ މެންބަރު އަމީތު
ރާއްޖެ އެމްވީ
މަސީހުގެ އިތުބާރުގެ މައްސަލަ
މިއީ ގައުމީ ހަނގުރާމައެއް، 24 ވަނަ ދުވަހު ރައްޔިތުންނަން ކާމިޔާބް ލިބޭނެ: އަމީތު
މަސީޙްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބް ކުރާނަން
24 ވަނަ ދުވަހު އިތުރު މެމްބަރުން އިދިކޮޅު ފަރާތަކުގެ ހަރަކާތުގައި ބައިވެރިވާނެ
ސިޔާސީ ލީޑަރުން މިނިވަންކުރާނަން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ކުރަމުންދަނީ ގައުމީ ހަނގުރާމައެއް ކަމަށާއި މި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންނަން ކާމިޔާބް ލިބޭނެ ކަމަށް މަޑުއްވަރީ ދައިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހު ހަވީރު ބޭއްވި އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ މަޖިލީސް މެމްބަރުންނާއި ދިވެހި ރައްޔިތުން ހަވާލުކުރި މަސައްކަތަކީ ރައްޔިތުންގެ ޙައްގުތަށް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ. މި މަސައްކަތުގެ ފެށުމެއްގެ ގޮތުން މި މަހުގެ 24 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބް ކުރާނެ ކަމަށް އަމީތު ވިދާޅުވިއެވެ.

 

" އަޅުގަނޑުމެން މި ނުކުންނަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބްދާރި ކުރުމަށް. މި ގައުމުގައި މި ހިނގާ ކޮރަޕްޝަނާއި ފަސާދާއިގެ ކަންކަން އަޅުގަނޑުމެން ހުއްޓުވާލާނަން. 24 ވަނަ ދުވަހު މި ގައުމު މިނިވަންކޮށްދޭނަން." އަމީތު ވިދާޅުވިއެވެ.

 

އަމީތު ވިދާޅުވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ދޫކޮށް އިދިކޮޅު ފަރާތަކާއި ގުޅުނު 10 މަޖިލީސް މެމްބަރުނަން ސަރުކާރުން ތަފާތު ހުށައެޅުންތަށް ހުށައެޅަމުންދާ ކަމަށެވެ. އެހެންނަމަވެސް މިއަދު ރައީސް ޔާމީން ވެރިކަމަށް ސަނާ ކިޔަން މަޖިލީސް މެމްބަރުން އަނބުރާ ޕީޕީއެމާއި ނުގުޅޭނެ ކަމަށާއި ، މި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގައި ނަގާ ވޯޓް ކާމިޔާބް ކުރާނެ އެނާ ވިދާޅުވިއެވެ.

 

" ތިބޭފުޅުންނަން އިނގިވަޑައިގަންނަވާނެ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ދޫކޮށް 10 މެމްބަރުން މި ވަނީ މި ގައުމީ މަސައްކަތާއި ގުޅިވަޑައިގެންފައި. އެ މެމްބަރުންގެ ހިތްވަރަށް އަޅުނގަޑު ސާބަސް ދެން. އަޅުނގަޑުމެންނާ އެކީ ތިބީ ހަމައެކަނި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ގުޅުނު 10 މެމްބަރުންނެން ނޫން. ވޯޓްލާ ދުވަހުގެ އިތުރު މެންބަރުން ގުޅިވަޑައިގަންނަވާނެ" އަމީތު ވިދާޅުވިއެވެ.

 

އަމީތު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ހުއްޓާލާނީ ރައީސް ޔާމީންގެ ސަރުކާރުން ބޭއިންސާފުން ޖަލަށް ހުކުމްކޮށްފައިވާ ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ފަހުގައެވެ. އަދި ތަފާތު އެކި އެކި ސަބަބުތަކާއި ހުރެ ރާއްޖޭން ބޭރުގައި ދިރިއުޅުމެންދާ ސިޔާސީ ބޭފުޅުނަން ރާއްޖެ ވަޑައިގެންނެވޭނެ ދުވަސް ވަރަށް އަވަހަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
13 ޖުލައި 2017 | ބުރާސްފަތި 10:33
ރައްތުންނޭނުކިޔާހުރިހާމީހުއްތިކުރާކަމަކައްތާއީދެއެއްނޫނ