ކ. މާލެ
|
21 އޭޕްރިލް 2023 | ހުކުރު 11:36
ގދ.ތިނަދޫ
ގދ.ތިނަދޫ
ސޯޝަލް މީޑިއާ
ގދ.ތިނަދޫއިން ގޯތި ދޫކުރަން ނިންމުން
ތިނަދޫއިން ކޮންޑިޝަނަލް ގޯތީގެ ގޮތުގައި 150 ގޯތި ދޫކުރަނީ
ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓާ، 2000 އަކަފޫޓާ ދެމެދުގެ ގޯތި
އުސޫލުގައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު 01 ޖޫން 2023 ގެ 13:00ގެ ކުރިން ފޯމު ހުށަހަޅަންޖެހޭ
އޭ ކެޓަގަރީން 70 ގޯތި، ބީ ކެޓަގަރީ 66 ގޯތި ދޫކުރުމަށް ނިންމާފައިވޭ

ގދ. ތިނަދޫއިން ދިރިއުޅުމަށް ގޯތި ބޭނުންވާ މީހުންނަށް ކޮންޑިޝަނަލް ގޯތީގެ ގޮތުގައި 150 ގޯތި ދޫކުރުމަށް ނިންމައިފިއެވެ.

ތިނަދޫ ކައުންސިލުން ބުނީ ތިނަދޫ އިން ދިރިއުޅުމަށް ގޯތި ބޭނުންވާ މީހުންނަށް ކޮންޑިޝަނަލް ގޯތި ގޮތުގައި ދިރިއުޅުމަށް 150 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، ގޯތި ބޭނުންވާ މީހުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓާ، 2000 އަކަފޫޓާ ދެމެދުގެ ގޯތި ކަމަށް ކައުންސިލުން ބުނެއެވެ. އަދި ކައުންސިލުން ބުނީ މި ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ތިނަދޫ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ބްލޮކް ނަންބަރު: I,J,K,L,O,P,R,V,W އިން ކަމަށެވެ.

މިތަނުން ދޫކުރާ 150 ގޯތީގެ ތެރެއިން އޭ ކެޓަގަރީގައި ހިމެނެނީ އެރަށާއި، އެރަށު ދަފްތަރުގައި ހިމެނޭ މީހުންނެވެ. އެ މީހުންނަށް 70 ގޯތި ދޫކުރުމަށް ނިންމާފައި ވެއެވެ. ބީ ކެޓަގަރީ 66 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، މި ކެޓަގަރީ ޚާއްސަކޮށްފައިވަނީ ރަށުން ބޭރު މީހުންނަށެވެ. އަދި ކެޓަގަރީ ސީ އިން އެކަނިވެރި މައިންނަށް/ބަފައިންނަށް 5 ގޯތި، ތިނަދޫގައި ވިޔަފާރި ކުރަމުންދާ ރަށުން ބޭރު މީހުންނަށް 3 ގޯތީގެ އިތުރުން ޕްރޮފެޝަނަލް ދާއިރާއިން ޚިދުމަތްދޭ މީހުންނަށް 6 ގޯތި ދޫކުރުމަށް ނިންމާފައިވެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ކޮންޑިޝަނަލް ގޯތި ބިމާބެހޭ އުސޫލު ގައިވާ ޝަރުތުތައް ފުރިހަމަވާ މީހުން ދިރިއުޅުމަށް ދޫކުރާ ކޮންޑިޝަނަލް ގޯތި ބިމަށް އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އަދި އުސޫލުގައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެ އިދާރާއަށް ފޯމު ހުށަހަޅަންޖެހޭ ކަމަށެވެ.

ކައުންސިލުން ބުނީ ދިރިއުޅުމަށް ދޫކުރާ ކޮންޑިޝަނަލް ގޯތި، ބިމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 18 މެއި 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00ން 13:00ށް އިދާރާގެ ކައުންޓަރުން ކަމަށެވެ. ރަށުން ބޭރުގައި ދިރިއުޅޭ މީހުން ފޯމާއެކު ހުށަހަޅާ އެންމެހާ ލިޔެކިއުންތައް އީމެއިލް މެދުވެރިކޮށް ސޮފްޓްކޮޕީ ފޮނުވުމަށްފަހު، ހުށަހަޅަންޖެހޭ އެންމެހާ ލިޔެ ކިޔުންތަކުގެ ހާޑްކޮޕީތަކާއި، ގޯއްޗަށް އެދޭ ފޯމުގެ އަސްލު، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ 7 ދުވަހުގެ ކުރިން ތިނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭ ކަމަށެވެ. އަދި އެއްވެސް ސަބަބަކާހުރެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މުއްދަތު ހަމަވުމުގެ ފަހުން ބަލައިނުގަނެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް އީމެއިލް އަދި ފޯން މެދުވެރިކޮށް އެ އިދާރާއާ ގުޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް