ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 11:55
ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު
ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު
ރައްޔިތުންގެ މަޖިލިސް
ރާއްޖޭގެ ފަތުރުވެރިކަން
ރިސޯޓްތަކުގެ އިސް ބައެއް މަޤާމުތަކުގައި ދިވެހިން ނެތުމަށް ވުރެ ބޮޑު ގައުމީ މައްސަލައެއް ނެތް: ޖާބިރު
ފަތުރުވެރިކަން ކުރިއަރުވާފައި ވަނީ އެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ކުޅަދާނަ ކަމުން ކަމަށް ވެސް ޖާބިރު ވިދާޅުވި
ބޮޑެތި މުސާރަ ލިބޭ މީހުންގެ ތެރޭގައި ގިނަ އަދަދަަަކަށް ބިދޭސީން ތިބި ކަމަށް ޖާބިރު ވިދާޅުވި

ރިސޯޓްތަކުގެ އިސް ބައެއް މަޤާމުތަކުގައި ދިވެހިން ނެތުމަށް ވުރެ ބޮޑު ގައުމީ މައްސަލައެއް ނެތްކަމަށް ޤަބޫލުކުރައްވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު އެފަދައިން ވިދާޅުވީ ބުދަ ދުވަހު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމަށް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުމާބެހޭ ގޮތުން މަޖިލީހަށް ގަރާރު ހުށަހަޅުއްވާ ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުވީއިރު ވެސް ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމުގައި އަަދިވެސް ގިނަ އަަދަދެއްގެ ބިދޭސީން ތިބުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ފަތުރުވެރިކަމަކީ އިގްތިސާދުގެ ލޭނާރުކަމަށްވާއިރު މިހާރު ރާއްޖޭގައި އެފަދަ މަޤާމުތަކަށް ބޭނުންވާ ގާބިލު މީހުންނަށް ތައުލީމާއި ތަމްރީނު ފޯރުކޮށްދެވިފައި ހުންނަން ޖެހޭ ކަމަށެވެ.

ބައިގަރުނު ވީ އިރުވެސް އެކަންކަމަށް ހައްލު ލިބިފައި ނުވާ ކަމަށާއި ރިސޯޓްތަކުގެ އިސް މަޤާމުތަކުގައި ބޮޑެތި މުސާރަ ލިބޭ މީހުންގެ ތެރޭގައި ގިނަ އަދަދަަަކަށް ބިދޭސީން ތިބި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ފަތުރުވެރިކަމަކީ ދިވެހިންގެ އިގްތިސާދުގެ ބޮޑު ހިއްސާއެއް ކަަމަށް ވާއިރު ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމުތަކުގައި ދިވެހިން ތިބުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ފަތުރުވެރިކަން ކުރިއަރުވާފައި ވަނީ އެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ކުޅަދާނަކަމުން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެ އަކީ ތައުލީމީ މަސައްކަތްތެރި ބަޔަކު ތިބި ތަނެއް ކަމަށާއި ރިސޯޓްތަކުގައި އިސް މަޤާމުތަކުގައި ގިނަ އަދަދަކަށް ބިދޭސީން ތިބުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް