ކ. މާލެ
|
18 އޭޕްރިލް 2023 | އަންގާރަ 11:57
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ސަރަހައްދަށް ވަޑައިގެންފައި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ސަރަހައްދަށް ވަޑައިގެންފައި
ރާއްޖެއެމްވީ
"ހަސަން ކުރުސީ" ޓްވިޓަރ
"ހަސަން ކުރުސީ" ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓުގެ މައްސަލަ ނަޝީދު ފުލުހަށް ހުށަހަޅައިފި
ޓްވިޓަރ އެކައުންޓަކީ ނަޝީދުގެ އެކައުންޓެއްކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އޮޅުންތަކެއް އަރާފައިވާކަމަށް ވިދާޅުވި
އެކަމުގެ ސަބަބުން އިންތިހާއަށް ގެއްލުންވަމުންދާކަން ބަޔާން ކުރައްވާފައިވޭ

"ހަސަން ކުރުސީ" ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓުގެ ވެރިފަރާތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ފުލުހުންގެ ޚިދުމަތަށް ސިޓީއެއް ހުށަހަޅުއްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސް ކުރައްވައި ނަޝީދުގެ ފަރާތުން ހުށަހެޅުއްވި ސިޓީގައި ބަޔާން ކުރައްވާފައިވަނީ "ހަސަން ކުރުސީ" ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓަކީ ނަޝީދުގެ އެކައުންޓެއްކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އޮޅުންތަކެއް އަރާފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން އިންތިހާއަށް ގެއްލުންވަމުންދާކަން ބަޔާން ކުރައްވައި ނަޝީދު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން އެ ޓްވިޓަރ އެކައުންޓުގެ އަސްލު ހޯދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

7000ށް ވުރެ ގިނަ މީހުން ފޮލޯކުރާ އެ އެކައުންޓަކީ ޓްވިޓަރ އިން ވެރިފައިކޮށްފައިވާ އެކައުންޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް