ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 13:44
ރ އަލިފުށީ މަގުތަކުގައި ތާރު އެޅުމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކުރުން
ރ އަލިފުށީ މަގުތަކުގައި ތާރު އެޅުމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކުރުން
ޕްލޭނިން މިނިސްޓްރީ
އަލިފުށީ މަގުތަކުގައި ތާރުއެޅުން
އަލިފުށީ މަގުތަކުގައި ތާރު އެޅުމަށް އާރްޑީސީއާ ޙަވާލުކޮށްފި
3.8 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ
މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 540 ދުވަސް

ރ އަލިފުށީ މަގުތަކުގައި ތާރު އެޅުމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ޙަވާލުކޮށްފިއެވެ.

އާދިއްތަ ދުވަހު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.

މި ކޮންޓްރެކްޓުގެ އަގަކީ 90،956،112.97 (ނުވަދިހަ މިލިއަން ނުވަލައްކަ ފަންސާސް ހަހާސް އެއްސަތޭކަ ބާރަ ރުފިޔާ ނުވަދިހަ ހަތް ލާރި) އެވެ. މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 540 ދުވަހެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމު ކުރުމާއި، މަގުތަކުގައި މަގުބައްތި ޖެހުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް