Advertisement
ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 23:26
ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުން
ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުން
ގޫގުލް
ޕީޕީއެމްގެ މައްސަލަ
އިޚްލާސްތެރިންނާއެކު ޕީޕީއެމް އެނބުރި އަންނާނެ: ފާރިސް
ޕާޓީގެ ގަވާއިދުތަކާއި، ޚިލާފަށް އަމަލުކުރާ ބަޔަކު ވަނީ ޕީޕީއެމް ހިސޯރުކޮށްފައި
ގައުމީ އަދި ޒަމާނީ ސިޔާސަތުތަކާއެކު ޕީޕީއެމް ވަރަށް އަވަހަށް އެނބުރި އަންނާނެ

ޕީޕީއެމެގެ އަސްލު ސަޕޯޓަރުންނާއި އެޕާޓީގެ މަޖިލިސް މެމްބަރުންނާއި އެކު ޕީޕީއެމް އެނބުރި ވަރަށް އަވަހަށް އަންނާނެކަމަށް ރައީސް މައުމޫނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.

 

ބުރާސްފަތި ދުވަހު ފާރިސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް މިހާރު ހިންގަނީ އިހްލާސްތެރިންނެއް ނޫންކަމަށާއި އިހްލާސްތެރިންނާއިއެކު ޕީޕީއެމް އަދި އެނބުރި އަންނާނޭކަމަށެވެ.

 

ފާރިސް ވިދާޅުވީ، ޕާޓީގެ ގަވާއިދުތަކާއި، ޚިލާފަށް އަމަލުކުރާ ބަޔަކު ވަނީ ޕީޕީއެމް ހިސޯރުކޮށްފައިކަމަށެވެ.

ޕީޕީއެމްގެ މަޖިލިސް މެންބަރުން އެ މެންބަރުންގެ ދާއިރާގެ ޕީޕީއެމްގެ މެންބަރުންގެ ވިސްނުމާއި އެއްގޮތަށް ގައުމީ އަދި ޒަމާނީ ސިޔާސަތުތަކާއެކު ޕީޕީއެމް ވަރަށް އަވަހަށް އެނބުރި އަންނާނެކަމަށެވެ.

 

ޕީޕީއެމްއިން ރައީސް މައުމޫނު ބޭރުކޮށް ރައީސް ޔާމީންގެ ކޮންޓްރޯލްގެ ދަށަށް ޕީޕީއެމް ގެންދިއުމުން ޕީޕީއެމްގެ ދެ ފެކްޝަން އުފެދި ރައީސް މައުމޫނުގެ ދެ ދަރިކަލުންނާއި ދެ ދަރިކަނބަލުންވެސް ވަޑައިގެންނެވީ ދެ ފެކްޝަނަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް