Advertisement
ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 23:18
ކުނޫޒް ސަރަހައްދުގެ މަގު މަރާމާތުގެ ކުރުމުގެ ތެރެއިން -- ފޮޓޯ:ރާއްޖެ އެމްވީ
ކުނޫޒް ސަރަހައްދުގެ މަގު މަރާމާތުގެ ކުރުމުގެ ތެރެއިން -- ފޮޓޯ:ރާއްޖެ އެމްވީ
ރާއްޖެއެމްވީ
މަޖީދީމަގު ހެދުން
މަޖީދީ މަގު ހެދުމުގެ މަސައްކަތް ދެން ފަށާނީ ސެޕްޓެމްބަރު މަހު
މަޖިދީ މަގު ހެދުމުގެ މަސައްކަތް މެދުކަނޑާލީ ރޯދަ މަހަށް
މަޖިދީ މަގު ހެދުމުގެ މަސައްކަތް ނިންމާނެ ކަމަށް ބުނި އެކި ތާރީހްތައް ވަނީ ފާއިތުވެ ގޮސްފަ
މަޖީދީ މަހު މަރާމާތުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި

 

މާލޭގެ ބޮޑެތި މަގުތައް އަލުން ގާ އަތުރައި މަރާމާތު ކުރަމުގެ މަސައްކަތް ދެން ފަށާނި ސެޕްޓެމްބަރު މަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖީދި މަގު ރަނގަޅު ފެންވަރެއްގައި ހެދުމަށް ކަމަށް ބުނެ ފެށި މަސައްކަތުގައި ކުރިން އަތުރާފައި ހުރި ގާތައް ނަގައި އާ ގާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ކާނުތަކަށާއި ދުވާރަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ. މި މަސައްކަތް މެދުކަނޑާލީ ރޯދަ މަހަށް ކަމަށް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަޖީދީ މަގު ހެދުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ކަމަށެވެ.

މާފަންނުން ފެށިގެން ގަލޮޅު ބޯޅަ ދަނޑާ ހަމައަށް މަޖީދީމަގު ހެދުމުގެ މަސައްކަތް ނިންމާލާފައިވާއިރު، މަސައްކަތް އަލުން ފެށުން ލަސްކުރަން ޖެހުނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ޖުލައި 26 ގެ ކުޅިވަރުތައް ގަލޮޅު ދަނޑުގައި ފަރިތަކުރުން ކުރިއަށް ގެންދަންޖެހޭތީ، އުނދަގޫތައް ކުރިމަތިވާނެތީ ކަމަށެވެ.

 

އެހެން ނަމަވެސް އެ މަސައްކަތް ފިތުރު އީދަށް ފަހު ފަށާނެ ކަމަށް ވިދާޅުވެ އެކަން ހާމަ ކުރެއްވީ އެމަނިކުފާނު މީގެ ކުރިން ކުރެއްވި ޓޫވީޓެއްގަ އެވެ.

 

މިދިޔަ އަހަރު އޮކްޓޫބަރު  1 ވަނަ ދުވަހު މަޖީދީމަގު އަލުން ހެދުމުގެ މަސައްކަތް ފަށާފައިވާއިރު، މިއަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހުގެ ނިޔަލަށް މުޅި މަޖިދީމަގުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލަންޖެހޭ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެ ތާރީހަށް ނިންމާނުލެވުނުއިރު ދެން ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ މާޗު މަހު ފަހުކޮޅު ނިންމޭނެ ކަމަށެވެ. ނަމަވެސް އެ ތާރީހަށް ނުނިމި އޭގެ ފަހުންވެސް ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފަ އެވެ.

 

މަޖީދީމަގު ނިންމައި މާލޭގެ އިތުރު 13 މަގެއް އަލުން ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި މަސައްކަތުގެ ދަށުން ގާތަށް އަލުން އެތުރުމާއި ކާނުތައް ބަދަލުކުރުމާއި ހޮޅި އެޅުން ހިމެނެއެވެ. ހައުސިން މިނިސްޓްރީން ބުނެފައި ވަނީ މި މަސައްކަތް ނިމުމުން މަގުތައް ކޮންނަންޖެހޭ ވަރު މަދުވާނެ ކަމަށެވެ. އަލަށް ހެދި މަގުތަކުގައި ހެދި ކާނުގަނޑުތަކުންވެސް ބައެއް އާންމުނަށް ވަނީ އަނިޔާވެފަ އެެވެ. އެގޮތުން ފެންހިންދާ ކާނުގަނޑުގެ މަތީގައި އަޅާފައިވަނީ އާދައިގެ ފްލައިވްޑް ފިލާގެ މަތީ މާބަނޑު އަންހެނަކަށް ފައި އެޅި، ފިލާ ގަނޑާއިއެކު އެ އަންހެން މީހާގެ ފައި ކާނުގަނޑުގެ ތެރެއަށްވަނީ ގަބައިގަނެފަ އެވެ. އެފަހަރު އެ އަންހެން މީހާއަށް ވަނީ އަނިޔާވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް