ކ. މާލެ
|
15 އޭޕްރިލް 2023 | ހޮނިހިރު 12:33
ވެހިކަލެއްގައި ރޯވި އަލިފާން ނިއްވަނީ
ވެހިކަލެއްގައި ރޯވި އަލިފާން ނިއްވަނީ
ސަން އޮންލައިން
ވީއައިއޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން
ވީއައިއޭގެ މަސައްކަތުގައި ބޭނުންކުރާ ވެހިކަލެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފި
އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް އެއްވެސް ގޮތަކަށް ބުރޫއަރާފައެއްނުވޭ
ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭނެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ މަސައްކަތުގައި ބޭނުންކުރާ ވެހިކަލެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގައިފައިވަނީ އެއަރޕޯޓުގެ ޓަރމިނަލާ ދުރުން، ޕަވަރހައުސް ކައިރީގައެވެ. އަދި ރޯވެފައިވަނީ އެއަރޕޯޓުގައި މަސައްކަތްކުރާ ބީޔޫސީޖީގައި ބޭނުންކުރާ ތާރުއަޅާ ވެހިކަލެއްގައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)އިން ބުނީ، މި ހާދިސާއާ ގުޅިގެން އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް ގޮތަކަށް ބުރޫއަރާފައި ނުވާކަމަށެވެ.

އެމްއޭސީއެލުން ބުނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ. އަދި އެއަރޕޯޓުގެ ފަޔަރ އެންޑް ރެސްކިއުއިން ވަރަށް އަވަހަށް އެޓެންޑްވެ، އަލިފާން ނިއްވާލި ކަމަށް އެމްއޭސީއެލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް