Advertisement
ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 22:30
ރައީސް ނަޝީދު: އުއްމީދީ ވާހަކަތަކެއް މިރޭ ވިދާޅުވި
ރައީސް ނަޝީދު: އުއްމީދީ ވާހަކަތަކެއް މިރޭ ވިދާޅުވި
ސްކައި ނިއުސް
ރައީސް ނަޝިދު
މަޖިލީހުގެ އަޣުލަބިއްޔަތު ބަދަލުވެއްޖެ، މެންބަރުންނަށް ބިރުދެއްކުމުގެ މަގު ރައީސް ޔާމީނަށް ބަންދުވެއްޖެ:ރައީސް ނަޝީދު
ފުލުހުންނަށްވެސް ސިފައިންނަށްވެސް ފަނޑިޔާރުންނަށްވެސް އަދި އެންމެހާ މިނިވަން މުއައްސަސާތަކަށްވެސް ކުޅި ހިނގާގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ބަދަލުވެއްޖެ ކަމަށާއި މެންބަރުންނަށް ބިރު ދެއްކުމުގެ މަގުތައް ރައީސުލްޖުމްހޫރިއްޔާ ރައީސް އަބްދުﷲ ޔާމީނަށް ބަންދުވެއްޖެ ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބުރާސްފަތި ދުވަހުގެ އެޕާޓީގެ ހަރުގޭގައި ބާއްވާ ޚާއްޞަ ހަފްލާގެ ތެރެއިން ކޮޅުނބުގައި ހުންނަވައިގެން ދެއްވި ތަޤްރީރުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތު   ވަނީ ސަރުކާރުގެ ފަޅި ދޫކުރައްވާ ވާދަވެރި ފަރާތައް ލިބިފައި ކަމަށާއި އެ މެންބަރުންނަށް ބިރުދެއްކުމުގެ މަގުތައް ބަންދުވެފައި ކަމަށެވެ.

"ފުލުހުންނަށްވެސް ސިފައިންނަށްވެސް ފަނޑިޔާރުންނަށްވެސް އަދި އެންމެހާ މިނިވަން މުއައްސަސާތަކަށްވެސް ކުޅި ހިނގާގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. ސަރުކާރު އުފެއްދި އިއްތިހާދު ރޫޅި ކައުންސިލް އިންތިޚާބުން ބަލިވެ އަދި އެންމެފަހުން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުނީމާ ކާކަށްތޯ އޮޅޭނީ. ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލުނީމާ ކޮން ދިވެއްސަކަށްތޯ ވީގޮތް އޮޅޭނީ. ވީގޮތް، މީވީގޮތޭ އަދު ބަދަލު ވެއްޖެޔޭ މުޅި ޒަމާން." ރައީސް ނަޝީދު ވިދާޅުވިއެވެ

ރައީސް ނަޝީދު ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ އާއި ގުޅިގެން އެމްޑީޕީން ކުރަމުން އައި ބުރަ މަސައްކަތުގެ ކާމިޔާބީގެ ކުލަވަރު އަޅުގަނޑުމެންނަށް ފެންނަ ކަމަށާއި އެކާމިޔާބީގެ މަންޒަރު އެބަ ފެންނަ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަޅުގަނޑުމެން މިހުށަހަޅައިދެނީ މުޅިން އާ ޕޭޖެއް ކަމަށާއި  ރައީސް ޔާމީން އެބޭފުޅާގެ އަމިއްލަފުޅު މަޖިލިސް މެންބަރުންގެ ވައިބަރ ޕޭޖުން އައުޓްވެއްޖެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރު މިދަނީ ރޫޅެމުން ކަމަށާއި  ދިވެހިރައްޔިތުންގެ ޕާޓީއަށް ދޮޅެސް އަހަރު ފުރޭއިރު އެރަސްމިއްޔާތު ފާހަގަކުރާ އަޅުގަނޑުމެން ފާހަގަމިކުރަނީ އަދިވަކިން މާބޮޑު އުފަލެއްގެ އުފާވެރިކަން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް