Advertisement
ކ. މާލެ
|
14 އޭޕްރިލް 2023 | ހުކުރު 22:24
ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން
ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން
ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް
ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
ހަ އެޕިސޯޑަށް ކުރިއަށްގެންދާ މި މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް ތިން ލައްކަ ރުފިޔާ ލިބޭނެ

ރަންތާޖު ޤުރުއާން މުބާރާތުގެ ތިންވަނަ ބުރުން ވަކިވެގެންދާ  ދެ ބައިވެރިން އިއުލާންކޮށްފިއެވެ.

14 މާޗް ވީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން ރަންތާޖު ޤުރުއާން މުބާރާތުގެ ހަތަރު ވަނަ ޝޯއާއި ތިން ވަނަ އެލިމިނޭޝަނެވެ. މިރޭގެ އެލިމިނޭޝަން ރައުންޑުގައި 11 ބައިވެރިންގެ ތެރެއިން ދެ ބައިވެރިއަކު މުބާރާތަށް ވަނީ އަލްވަދާއު ކިޔާފައެވެ.

މުބާރާތާ އަލްވަދާއު ކީ މުބާރާތުގެ 10 ވަނަ ބައިވެރިޔާ އާމިލާ މުހައްމަދާއި މުބާރާތުގެ 11 ވަނަ ބައިވެރިޔާ މަރިޔަމް މައިސާ އިބްރާހީމެވެ. އާމިލާ ބުނީ މިހާ ހިސާބަށް އާދެވުމުގައި އާއިލާގެ ވަރަށް ބޮޑު ސަޕޯޓެއް އެބައޮތް ކަމަށެވެ. މީގެއިތުރުން މައިސާ ބުނީ މިއީ އުންމީދު ކުރި ނަތީޖާ ނޫން ކަމަށާއި އެންމެ ފަހުން ރޭގެ ކިޔެވުމަށް ބެލުމަށްފަހު ވަކިވެދާނެ ކަމަށް ހީވި ކަމަށެވެ.

Advertisement

މި ދެ ބައިވެރިން ޝޯ އިން ވަކިވުމާއެކު ދެން ޝޯ ގައި ވާދަކުރާނީ 9 ބައިވެރިންނެވެ. ހަ އެޕިސޯޑަށް ކުރިއަށް މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް ތިން ލައްކަ ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް އެއް ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 75000 ރުފިޔާ ލިބޭނެއެވެ.

މުބާރާތުގެ ބައިވެރިންނަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެލިމިނޭޓްވެގެންދާ ފަރާތްތަކަށް ވެސް ގިނަ އިނާމުތަކެއް ލިބޭނެއެވެ.

16 އަހަރާ 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް