Advertisement
ކ. މާލެ
|
14 އޭޕްރިލް 2023 | ހުކުރު 08:38
ޤާރީ އައްޝައިޚް އަޙްމަދު ތަމީމް މަޙްމޫދު އަޙްމަދު އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ
ޤާރީ އައްޝައިޚް އަޙްމަދު ތަމީމް މަޙްމޫދު އަޙްމަދު އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ
ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް
ރަންތާޖު ޤުރްއާން މުބާރާތުގެ ޚާއްޞަ މެހެމާނު މިޞްރުގެ ޤާރީ އައްޝައިޚް އަޙްމަދު ތަމީމާއި އިސްލާމިކް މިނިސްޓަރު ބައްދަލުކުރައްވައިފި
ރާއްޖެ ޓީވީއިން މި މުބާރާތް ގެނެސްދޭނީ ރަމަޟާންމަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި

ރަންތާޖު ޤުރްއާން މުބާރާތުގެ ޚާއްޞަ މެހެމާނު، މިޞްރުގެ ޤާރީ އައްޝައިޚް އަޙްމަދު ތަމީމް މަޙްމޫދު އަޙްމަދު އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރު ވަނީ ޤާރީ އައްޝައިޚް އަޙްމަދު ތަމީމް މަޙްމޫދު އަޙްމަދަށް ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. އަދި އެ ދެބޭފުޅުން ވަނީ ރަންތާޖު ޤުރުއާން މުބާރާތާއި ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައެވެ. ރަންތާޖު" ޤުރުއާން މުބާރާތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އެ މުބާރާތަށް ރާއްޖެއިން ބޭރުގެ މަޝްހޫރު ޤާރީންނަށް ދައުވަތު ދީފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށްދާކަން މީގެ ކުރިން ވެސް ރަންތާޖުގެ ޓީމުން ވަނީ ހާމަކޮށްފައެވެ.

މި މުބާރާތަކީ އަގުހުރި އިނާމުތަކަކާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް 3 ލައްކަ ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 75000 ރުފިޔާ ލިބޭނެއެވެ. މި މުބާރާތުގެ ފަނޑިޔާރުންނަކީ އަލްޤާރީ އިބްރާހިމް ޝިފާއުއާއި އަލްޤާރީ މުހައްމަދު ތައުފީގާއި އަލްޤާރީ އަބްދުލް ވާހިދު އަބްދުﷲ، އަދި އައްޝައިޚް ނަސްރުﷲ އަލީއެވެ.

Advertisement

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ރާއްޖެ ޓީވީއިން މި މުބާރާތް ގެނެސްދޭނީ ރަމަޟާންމަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް