Advertisement
ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 18:05
ފަނޑިޔާރު އަލީ ހަމީދު
ފަނޑިޔާރު އަލީ ހަމީދު
އަޒުމޫން އަހުމަދު
އަލީ ހަމީދު
ފަނޑިޔާރު އަލީ ހަމީދު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެނީ
އައިޖީއެމްއެޗް އިން ވަނީ ކަށަވަރުކޮށްދީފަ
ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހަވީރު
ޖޭއެސްސީގެ ވެސް ރައީސް

ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ގެ ރައީސް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗްއިން ވަނީ ރާއްޖެއެމްވީއަށް އެކަން ކަށަވަރުކޮށްދީފައެވެ. 

މައުލޫމާތު ލިބޭ ގޮތުގައި އަލީ ހަމީދު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. 

އައިޖީއެމްއެޗްގެ އެމެޖަންސީ ރޫމްގައި އަލީ ހަމީދަށް ފަރުވާ ދިނުމަށް ފަހު އެގްޒެކެޓިވް ވޯޑަށް ބަދަލުކޮށް ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

އަލީ ހަމީދު ހޮސްޕިޓަލަށް ގެންދެވުނީ ހާޓް އެޓޭކެއް ޖެހިގެންކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެމަނިކުފާނު އެޑްމިޓް ކުރެވުނީ ހާޓް އެޓޭކެއް ޖެހިގެންނެއް ނޫނެވެ. އަދި މިހާރު އެމަނިކުފާނުގެ ހާލު މިހާރު ދަނީ ރަނގަޅުވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
7 ޖުލައި 2017 | ހުކުރު 00:11
ވައިޓްރިޔާ
ނިއުމަތްތައް ދެއްވަނީﷲ ޢެވެ. ރަޝިޔާއަކުން ނޫނީ މެޑަމް އޮފީހުންނެއް ނަުނެވެ.